ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮމިއުނިކޭޝަން ސެކްރެޓަރީކަމުން ހަސަން އިސްމާއިލް އިސްތިއުފާ ދެއްވައިފި

ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް ސެކްރެޓަރީ ހަސަން އިސްމާއީލް އިސްތިއުފާ ދެއްވުން
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އޮފީހުގެ ކޮމިއުނިކޭޝަން ސެކްރެޓަރީގެ މަގާމު އަދާކުރައްވަމުން ގެންދެވި، ހަސަން އިސްމާއީލް އިސްތިއުފާ ދެއްވައިފި އެވެ.

ހަސަން އިސްމާއިލް އަކީ މި ސަރުކާރާއި ގާތް ގުޅުމެއް އޮތް، އަދި ހާއްސަކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އަރިސް ބޭފުޅެކެވެ. ހަސަން އިސްމާއިލް މަގަމުން އިސްތިއުފާ ދެއްވި ސަބަބު ސާފު ނުވީ ނަމަވެސް، މައުލޫމާތު ލިބޭ ގޮތުން އޭނާ މަގާމުން އިސްތިއުފާ ދެއްވީ ބައެއް އަމިއްލަ ސަބަބުތަކާއި ހުރެ އެވެ.

ހަސަން އިސްމާއިލް އަކީ، ރައީސް އޮފީހުގެ މީޑިއާ ޓީމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ބޭފުޅާ އެވެ. އަދި އޭނާ ވަނީ އިސްތިއުފާގެ ސިޓީ ރައީސް ސޯލިހަށް ފޮނުވާފައެވެ.

ހަސަން އިސްމާއިލް އަކީ، ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއިން ރިޔާސީ އިންތިހާބަށް ކެމްޕެއިންތައް ކުރިޔަށް ގެންދިޔައިރު ވެސް ޕާޓީގައި އެންމެ އިސް ރޯލެއް އަދާކުރެއްވި އެއް ބޭފުޅާ އެވެ.

އެމްޑީޕީގެ ތެރޭގައި ވެސް އިސް ދައުރެއް އަދާ ކުރި ހަސަން އިސްމާއިލް އިސްތިއުފާ ދެއްވި އިރު، ރައީސް އޮފީހުގެ ޕްރެސް ޓީމަށް ދާދިފަހުން ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: