ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސަކަށް ހަބީބް!

އީސީގެ މެމްބަރު އިސްމާއިލް ހަބީބް
ޝެއާރކޮށްލާ ކަހަލަދޯ؟

އިލެކްޝަންސް ކޮމިޝަން (އީސީ) ނައިބުރައީސްގެ މަޤާމަށް އެކޮމިޝަންގެ މެންބަރު އިސްމާއިލް ހަބީބް އައްޔަން ކުރުމަށް ނިންމައިފިއެވެ.

ސަންގަށް އެނގިފައިވާ ގޮތުގައި އީސީގެ ނައިބުރައީސް ކަމަށް ހަބީބު އައްޔަންކުރުމަށްޓަކައި އެކޮމިޝަނުގެ ބައްދަލުވުމުގެ އެޖެންޑާގައި ވަނީ ހިމަނާފައެވެ.

އީސީގެ ރައީސް އަހުމަދު ޝަރީފް މީގެ ކުރިން ވިދާޅުވެފައވަނީ އިލެކްޝަނަސް ކޮމިޝަނުގައި ނައިބު ރައީސަކު ނެތަސް ގާނޫނީ ގޮތުން ދިމާވާނެ އެއްވެސް މައްސަލައެއް ނެތުމުން ނައިބު ރައީސަކު ހޮވާނީ އެ ކޮމިޝަނަށް ފަސް މެންބަރުން ހަމަވުމުން ކަމަށެވެ.

ކޮމިޝަނުގެ ރައީސް ޝަރީފް ސަންގަށް ވިދާޅުވީ ނައިބު ރައީސަކު އައްޔަން ކުރަން ނިންމީ، އެ މަޤާމު ހުސްވެއްޖެނަމަ 60 ދުވަހުގެ ތެރޭގައި ނައިބަކު އައްޔަން ކުރަންޖެހޭނެ ކަމަށް ގާނޫނުގައި އޮތުމުން ކަމަށެވެ.

އީސީގެ ނައިބު ރައީސްގެ މަޤާމު ހުސްވީ ކުރިން އެމަޤާމުގައި ހުންނެވި އަހުމަދު އަކްރަމް އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. އީސީގެ މެމްބަރުކަމުން އިސްތިއުފާ ދެއްވައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް އަކްރަމް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވާ ގޮތުގައި އޭނާ އިސްތިއުފާ ދެއްވީ އޭނާ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމުންނެވެ. އެކޮމިޓީގެ އިތުބާރު ނެތި މިނިވަން މުއައްސަސާއެއްގެ މެމްބަރުކަމުގައި ހުރުމަކީ ރަނގަޅު ގޮތެއް ކަމަށް ދެކެވަޑައި ނުގަންނަވާތީ މަގާމުން އިސްތިއުފާދެއްވީ ކަމަށް، ސިޓީގައި އަކްރަމް ވިދާޅުވި އެވެ.

އެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވާލާފައިވަނީ މިދިއަ އަހަރުގެ ނޮވެމްބަރު މަހުގެ 23 ވަނަ ދުވަހުއެވެ.

އެކޮމިޝަނަށް މެންބަރަކު އައްޔަން ކުރުމަށް ފެބްރުއަރީ މަހުގެ ހަތަރު ވަނަ ދުވަހު އާ ދައުރަށް މަޖިލިސް ފެށުމާއެކު ނަން ފޮނުވާނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: