ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިމްޕޯޓް އެކްސްޕޯޓް މުދަލުން ދައުލަތަށް ލިބުނު އާމްދަނީ ދަށަށް!

އެމްޕީއެލް ވިޔަފާރި ބަނދަރު
ޝެއާރކޮށްލާ ކަހަލަދޯ؟

އިމްޕޯޓް/ އެކްސްޕޯޓް މުދަލުން ހުސްވި ޑިސެމްބަރު މަހު ލިބުނު އާމްދަނީ އޭގެ ކުރީ އަހަރުގެ ޑިސެމްބަރު މަހާއި އަޅާ ބަލާއިރު 30 އިންސައްތަ ދަށަށް ގޮސްފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން، އިމްޕޯޓް އަދި އެކްސްޕޯޓް މުދަލުން ދައުލަތަށް ހުސްވި ޑިސެމްބަރު މަހު ލިބިފައިވަނީ 252 މިލިއަން ރުފިޔާއެވެ. 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު އިމްޕޯޓް އެކްސްޕޯޓް މުދަލުން ދައުލަތަށް ވަނީ 359 މިލިއަން ރުފިޔާ ލިބިފައެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން ފާއިތުވި ޑިސެމްބަރ މަހު ރާއްޖެއަށް އިމްޕޯޓް ކުރެވުނު މުދަލުގެ ސީ.އައި.އެފް އަގު 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހާއި އަޅާބަލާއިރު 40 އިންސައްތަ ވަނީ ދަށްވެފައެވެ. 2019 ވަނަ އަހަރުގެ ޑިސެމްބަރ މަހު ދިވެހިރާއްޖެއަށް 4.4 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކޮށްފައިވާއިރު، 2020 ވަނަ އަހަރުގެ އަހަރުގެ ޑިސެމްބަރު މަހު މި އަދަދުވަނީ 2.6 ބިލިއަން ރުފިޔާ އަށް ދަށްވެފައެވެ.

ފާއިތުވި މަހު ދިވެހިރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ގައުމުތަކަކީ ޗައިނާ، ޔޫ.އޭ.އީ އަދި އިންޑިއާއެވެ. ޗައިނާ އަދި ޔޫ.އޭ.އީ އިން 408 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު އިންޑިއާ އިން 360 މިލިއަން ރުފިޔާގެ މުދާ ފާއިތުވި މަހު ވަނީ އެތެރެކޮށްފައެވެ.

އަގުގެ ގޮތުން އެންމެ ގިނައިން މުދާ އިމްޕޯޓް ކުރި ފަސް ގައުމު ތެރޭގައި ހިމެނެނީ ޗައިނާ، ޔޫއޭއީ، އިންޑިޔާ، ސިންގޕޫރު އަދި ސްރީލަންކާއެވެ. އަދި އަގުގެ ގޮތުން އެންމެ ގިނައިން މުދާ އެކްސްޕޯޓް ކުރި ފަސް ގައުމުގެ ލިސްޓުގައި ހިމެނެނީ ތައިލަންޑް، ޖަރުމަންވިލާތް، އިންޑިޔާ، އިނގެރޭސިވިލާތް އަދި ފަރަންސޭސިވިލާތެވެ.

ކްލިއަރަންސް ދެވުނު އުޅަނދުފަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހަށްވުރެ 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހު ރާއްޖެއިން ބޭރުން އައިސްފައިވާ އުޅަނދުފަހަރުގެ ނިސްބަތް ވަނީ އިތުރުވެފައެވެ. އަދި ރާއްޖެއިން ފުރާފައިވާ އުޅަނދުފަހަރުގެ ނިސްބަތްވެސް ހުސްވި ޑިސެމްބަރު މަހު ވަނީ، އޭގެ ކުރީ ޑިސެމްބަރު މަހާއި އަޅާބަޅާއިރު އިތުރުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: