ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޤާސިމްގެ މަރު: އަދުހަމް މިހާރު ބޭނުންވަނީ އިއުތިރާފް އެއްބަސްވުމެއް

ގާސިމް މަރާލި ކަމަށް އިއުތިރާފްވެފައިވާ އަދުހަމް ކުރިމިނަލް ކޯޓަށް ވައްދަނީ - ފޮޓޯ : މުއާވިޔަތު
ޝެއާރކޮށްލާ ކަހަލަދޯ؟

ޓެކްސީ ޑްރައިވަރު ޤާސިމް ހަސަން މަރާލި މައްސަލައިގައި ދައުވާ ކޮށްފައިވާ ޅ. ހިންނަވަރު، ބޮޑުހިޔާގެ، އަދުހަމް މުހައްމަދު މިހާރު ބޭނުންވަނީ ކުރިން އޭނާ ޕީޖީއާއި އެކު ވެފައިވާ އިއުތިރާފް އެއްބަސްވުމާއި އެކު ކުރިއަށް ދިއުމަށް ކަމަށް މިއަދު ބޭއްވި އަޑުއެހުމުގައި ބުނެފި އެވެ.

މިއަދު ބޭއްވި އަޑުއެހުމުގައި އަދުހަމްގެ ވަކީލް ވިދާޅުވީ ފަހުން ދައުވާއަށް އިންކާރު ކުރިޔަސް، މިހާރު ބޭނުންވަނީ ކުށަށް އިއުތިރާފްވާން ކަމަށެވެ. އަދި އަލުން އިއުތިރާފްވެއްޖެ ނަމަ، އިއުތިރާފްގެ އެއްބަސްވުމުގެ ދަށުން ލުއި ލިބޭނެ ގޮތްތަކެއް ހަމަޖައްސައިދޭން ވަކީލް އެދިވަޑައިގަތެވެ.

އެކަމަކު ދައުލަތުން ބުނީ އިއުތިރާފް އެއްބަސްވުމާ ޚިލާފްވެއްޖެ ނަމަ، ލުއިތައް ގެއްލޭނެ ކަން އަދުހަމަށް ކުރިން ބުނެދީފައިވާނެ ކަމަށާއި އޭނާ އެކަން އެނގިހުރެ ދައުވާއަށް އިންކާރު ކޮށްފައިވާތީ އިއުތިރާފްގެ އެއްބަސްވުން މިހާރު ނިމުމަކަށް އައިސްފައިވާ ކަމަށެވެ. ދައުލަތުން އެދުނީ އިއުތިރާފް އެއްބަސްވުމަށް ނުގޮސް، ޝަރީއަތް ކުރިއަށް ގެންގޮސް މައްސަލަ ނިންމުމަށެވެ.

މި މައްސަލައިގައި ދެން އޮންނާނީ ހެކި ނެގުމަށް ކުރިއަށްދާނެ އަޑުއެހުންތައް ފާހަގަކުރައްވައި، ދެން އަޑުއެހުމެއް އޮންނާނީ އަންނަ މަހުގެ 18 ވަނަ ދުވަހުގައި ކަމަށް އިއުލާން ކުރެއްވުމަށް ފަހު މިއަދުގެ އަޑުއެހުން ގާޒީ ނިންމަވާލެއްވިއެވެ.

ޑިސެމްބަރު 4، 2019 ގައި ގާސިމް މަރާލީ ޓެކްސީ ދަތުރެއް ކޮށްދެނިކޮށް ހުޅުމާލޭގައި އޭނާއަށް ދިން ހަމަލާއެއްގައެވެ. އެއީ އެ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. މި މައްސަލައިގައި އަދުހަމް ހައްޔަރު ކޮށްފައި ވަނީ އޭގެ 15 ދުވަސް ފަހުން ޑިސެމްބަރު 15، 2019 ގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: