ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސެންޑަލް މޮރިޝަސްގެ އެޕާޓްމަންޓްތައް ވިއްކުމުގައި އެޗްޑީސީގެ ދައުރެއް ނޯންނާނެ

ހުޅުމާލެ ސެންޓްރަލް ޕާކް މަތިން ނަގާފައިވާ މަންޒަރެއް. ސެންޑަލް މޮރިޝަސްގެ "ވަން ސެންޓްރަލް ޕާކް" އިމާރާތްކުރަނީ މި ސަރަހައްދުގައި -- ފޮޓޯ:ފޭސްބުކް/ހުޅުމާލެސެންޓްރަލްޕާކް
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލެ ފޭސް-1 ގައި ސެންޑަލް މޮރިޝަސް ކުންފުނިން އަޅާ ހައުސިންގ ޔުނިޓްތައް ވިއްކުމުގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ދައުރެއް ނޯންނާނެކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.

ސެންޑަލް މޮރިޝަސްއިން ހުޅުމާލޭގައި ހައުސިންގ ޕްރޮޖެކްޓެއް ހިންގަން އެ ކުންފުނިން ދިވެހި ސަރުކާރާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ، 19 މާރޗު 2015 ގައެވެ. އެހެންނަމަވެސް، މި މަޝްރޫއު ހިންގަން ކަނޑައެޅުނު ދެ ޕްލޮޓް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ 8 އޮކްޓޫބަރު 2020 ގައެވެ. ތިން ފަރާތެއްގެ މެދުގައި ވެވުނު މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓަރަކްޗަރ އާއި އެޗްޑީސީ އަދި ސެންޑަލް މޮރިޝަސްއެވެ.

މި ހައުސިންގ ޕްރޮޖެކްޓާ ގުޅޭގޮތުން އެޗްޑީސީން ނެރުނު ބަޔާނެއްގައި އެ ކުންފުނިން ބުނީ، މިއީ ސެންޑަލް މޮރިޝަސްއިން ހިންގާ މަޝްރޫއެއް ކަމުން އެތަނުގައި އިމާރާތްކުރެވޭ ހައުސިންގ ޔުނިޓްތައް ވިއްކުމުގެ އިހުތިޔާރު އެފަރާތަށް ލިބިފައިވާކަމަށެވެ. އަދި މިއީ ދިވެހި ސަރުކާރާ އެ ކުންފުންޏާ ދެމެދު ވެފައިވާ އެއްބަސްވުމަކަށްވާތީ، މި ހައުސިންގެ ޔުނިޓްތަކާ ގުޅޭ އެއްވެސް މުއާމަލާތެއްގައި އެޗްޑީސީގެ ދައުރެއް ނޯންނާނެކަމަށެވެ.

ސެންޑަލް މޮރިޝަސް ކުންފުންޏަކީ އިންޑިއާގެ އެސޯޓެކް ރިއަލްޓީ ކުންފުނިން ރާއްޖޭގައި ހައުސިންގ ޕްރޮޖެކްޓްތައް ހިންގުމަށް އުފެއްދި ސްޕެޝަލް ޕަރޕަސް ވެހިކަލް (އެސްޕީވީ) އެކެވެ. އެސޯޓެކްގެ ވެބްސައިޓުގައި ހުރި ބައެއް މައުލޫމާތުތަކަށް ބަލާއިރު، “ވަން ސެންޓްރަލް ޕާކް” ގެ ނަންދެވިފައިވާ މި އެޕާޓްމަންޓްތައް ހުންނާނީ ސެންޓްރަލް ޕާކްގެ އުތުރުން، މިހާރު އިމާރާތްކުރަމުންދާ ޖުޑީޝަލް ކޮމްޕްލެކްސް ކުރިމައްޗަށްވާކަހަލަ ގޮތަކަށެވެ.

މިތަނުގެ އެޕާޓްމަންޓެއްގެ އަގު 2.2 މިލިއަން ރުފިޔާއަށް އަރާއިރު، 120 އެޕާޓަމަންޓް ހުންނާނެއެވެ. އަދި މިތަނުން އެޕާޓްމަންޓް ގަންނަ ފަރާތްތަކަށް ތިން ލޭއައުޓްގެ ތެރެއިން އެބަޔަކު އިހުތިޔާރުކުރާ ލޭއައުޓަކަށް އެޕާޓްމަންޓް ފަރުމާކޮށްދޭނެއެވެ. ހައުސިންގ މިނިސްޓްރީއާއެކު އެއްބަސްވެފައިވާގޮތަށް، މި އެޕާޓްމަންޓްތައް ހާއްސަކުރެވިފައިވަނީ ފުރަތަމަ ފަހަރަށް ގެޔެއް/އެޕާޓްމަންޓެއް ގަންނަ ފަރާތްތަކަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: