ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވިސާމް ދޫކޮށްލި މައްސަލަ އިސްތިއުނާފްކޮށްފި

61 ކިލޯގެ މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް ހަރަކާތްތެރިވުމުގެ ތުހުމަތުކުރެވޭ ވިސާމް -- ފޮޓޯ: ޕޮލިސް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

މިދިޔަ އަހަރު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އަތުލައިގަތް 61 ކިލޯގެ މަސްތިވާތަކެތި އެތެރެކުރުމުގެ ބޮޑެއްގެ ގޮތުގައި ހުރި މއ. ބޮއިލިންފިޝް އަހުމަދު ވިސާމު ބަންދުން ދޫކޮށްލި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށްފިއެވެ.

ޕީޖީ އޮފީހުން ބުނެފައިވަނީ ވިސާމް ބަންދުން ދޫކޮށްލި މައްސަލަ މިއަދު ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާކަމަށެވެ. އިރުއަލިމަސް ނަމަކަށް ކިޔާ ދޯންޏެއްގައި، 61 ކިލޯ ހުންނަވަރުގެ މަސްތުވާތަކެތި ދިވެހިރާއްޖެއަށް އެތެރެކުރުމުގައި އެންމެ އިސްކޮށްހުރި މއ. ބޮއިލިންގފިޝް، އަހުމަދު ވިސާމް ބަންދުން ދޫކޮށްލާފައިވަނީ 24 ޖަނަވަރީ 2021 ދުވަހުއެވެ.

މިމައްސަލައިގައި އަޙްމަދު ވިސާމްގެ މައްޗަށް ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ ވަނީ ކްރިމިނަލް ކޯޓަށް ހުށަހަޅާފައެވެ. މި މައްސަލާގައި ވިސާމް ހިމެނޭގޮތަށް 11 މީހެއްގެ މައްޗަށް ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ ކޮށްފައިވެ އެވެ. މި މީހުންގެ ތެރެއިން ވިސާމް ފިޔަވައި ދެންތިބި މީހުން ތިބީ ޝަރީއަތް ނިމެންދެން ބަންދު ކޮށްފަ އެވެ.

ވިސާމްއަކީ މި ނެޓްވޯކްގެ އެންމެ އިސް ފަރާތްކަމަށާއި، މި ކުށުގެ އަމަލު ހިނގުމުގައި އެންމެ އިސްކޮށްހުރީ ވިސާމްކަމަށް އިންޓެލިޖެންސްއަށް މައުލޫމާތު ލިބިފައިވާ ކަމަށް ޕީޖީ އޮފީހުން މައުލޫމާތުދެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: