ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހެލްތް މިނިސްޓްރީން މީޑިއާތަކާއި މެދު ހަމަހަމަ އުސޫލު ގެންގުޅުމަށް އެމްއެމްސީން ގޮވާލައިފި

މިނިސްޓްރީއިން ވަކިން އެންގި މީޑީއާތަކާއި އެކު ކުރިޔަށް ގެންދިޔަ އިވެންޓުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

 

ހެލްތު މިނިސްޓްރީން މީޑިއާތަކަށް ހަމަހަމަ ފުރުސަތު ދޭން އެމްއެމްސީ އިން ގޮވާލައިފި

ހެލްތު މިނިސްޓްރީއިން އިވެންޓުތައް ކަވަރުކުރުމަށް މީޑިއާތަކަށް ފުރުސަތު ދިނުމުގައި އާއި، މައުލޫމާތު ދޭއިރު ހަމަހަމަ އުސޫލެއް ގެންގުޅުމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ގޮވާލައިފި އެވެ.

އެމްއެމްސީން އާންމުކުރި ނޫސް ބަޔާނެއްގައި ބުނީ ހެލްތު މިނިސްޓްރީގެ ފަރާތުން ބާއްވާ އެކި އިވެންޓުތަކާއި، ނޫސްވެރިންގެ ބައްދަލުވުންތަކަށް މީޑިއާތަކަށް ދައުވަތު ދިނުމުގައި ތަފާތު ކުރުން ގެންގުޅޭކަމުގެ ޝަކުވާ ނޫސްވެރިންގެ ފަރާތުން ލިބެމުންދާ ކަމަށެވެ. އަދި އިވެންޓުތަކާއިި، މިނިސްޓްރީގެ މަސައްކަތްތަކާއި ގުޅޭގޮތުން ކުރާ ސުވާލުތަކަށް މިނިސްޓްރީގެ ފަރާތުން އެކަށީގެންވާ އެއްބާރުލުން ނުލިބޭކަމުގެ ކަންބޮޑުވުން ނޫސްވެރިން ހިއްސާކޮށްފައިވާ ކަމަށެވެ.

މި ޝަކުވާތައް ހެލްތް މިނިސްޓްރީގެ ސަމާލުކަމަށް ގެނެވިފައިވާނެ ކަމަށް އެމްއެމްސީގެ ބަޔާނުގައި ވެއެވެ.

މި މަހުގެ 24 ގައި، ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ބައިވެރިވެ، އިވެންޓެއް ކުރިޔަށް ގެންދިޔަ އިރު އޭގެ ދައުވަތު ދީފައި ވަނީ މިނިސްޓްރީ ބޭނުންވި ދެ މީޑިއާއަކަށެވެ. އެއީ ދައުލަތުގެ މީޑިއާގެ އިތުރުން، ރާއްޖޭގެ ޕްރައިވެޓު މީޑިއާ އެކެވެ. އިވެންޓު ކުރިޔަށް ގެންދިޔަ ވަގުތު ވެސް، އެކަމުގެ މައުލޫމާތު ދީފައިނުވާތީ ނޫސްވެރިން މިނިސްޓްރީގެ ވައިބާ ގްރޫޕުގައި ސުވާލު ކުރުމުން އެދެވޭ ޖަވާބެއް ދީފައި ނުވެއެވެ. އޭގެ ފަހުން، އެފަދަ މައްސަލައެއް ދިމާވީ ޖާގައިގެ ދަތިކަމުގެ ސަބަބުންކަމަށް މިނިސްޓްރީގެ މީޑިއާ ޓީމުން ވަނީ ބުނެފައެވެ.

އޭގެ ފަހުން މިއަދު ވެސް، މިނިސްޓްރީއިން ކުރިޔަށް ގެންދިޔަ އިވެންޓަށް ދައުވަތު ދިނީ، ދައުލަތުގެ މީޑިއާގެ އިތުރުން ޕްރައިވެޓު ދެ މީޑިއާއކަަށެވެ.

އެ މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށް އެމްއެމްސީއިން ބުނީ، ނޫސްވެރިނާއި މުއާމަލާތު ކުރުމަށް މިނިސްޓްރީން ހަދާފައިވާ ވައިބާ ގްރޫޕުގައި ވެސް ނޫސްވެރިން ކުރާ ސުވާލުތަކަށް ޖަވާބު ނުދެކަމުގެ ޝަކުވާ ހުށަހަޅާފައިވާ ކަމަށެވެ. މިއީ ހެލްތު މިނިސްޓަރުގެ މަގާމުގައި އަބްދުﷲ އަމީން ހުންނެވި އިރުވެސް ހައްލު ނުލިބިހުރި ކަންތައް ކަން ނޫސްވެރިން ފާހަގަ ކުރާ ކަމަށް އެމްއެމްސީ އިން ބުންޏެވެ. އަދި މި ކަންތަކަށް ހައްލު ހޯދުމަށް އެމްއެމްސީ އިން ހެލްތު މިނިސްޓްރީއާ އެކު ބައްދަލުވުމެއް، ހަމަޖައްސައި ދޭން އެދިފައިވާނެ ކަމަށް އެމްއެމްސީގެ ބަޔާނުގައި ވެއެވެ.

ތަފާތު ކުރުމެއްނެތި ހުރިހާ މީޑިއާ އަކަށް ހަމަހަމަކޮށް މައުލޫމާތު ފޯރުކޮށްދިނުމަކީ އެ ކައުންސިލުން ބާރުއަޅާ ކަމެއް ކަމަށާއި، އިދާރާތްތަކުން އެގޮތަށް ކުރުމަށް އިލްތިމާސް ކުރާކަމަށް އެމްއެމްސީއިން ބުންޏެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: