ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތަފާތު ކުރުމެއް ނެތް، ބިދޭސީންނަށް ވެކްސިން ދޭނީ ހިލޭ: ޑރ. ނަޒްލާ

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށްވެސް ވެކްސިން ދޭނީ ހިލޭކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު ޑރ ނަޒްލާ ރަފީގް ވިދާޅުވެއްޖެއެވެ.

ޖަޒީރާ ސައްލާ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޑރ. ނަޒްލާ ވިދާޅުވީ ރާއްޖޭގައި ދިރިއުޅެމުންދާ ހުރިހާ އެންމެންނަށް ހިލޭ ވެކްސިން ދިނުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެނިންމުމުގެ ދަށުން ބިދޭސީންނަށްވެސް ހިލޭ ވެކްސިން ދިނުމަށް ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ، ލޮކްޑައުންގެ ތެރޭގައި އާއި، ކޮވިޑުން ރައްކާތެރި ވުމަށް ފިޔަވަޅުތައް އެޅުމުގައި ވެސް ބިދޭސީންނާއި މެދު އަމަލު ކުރީ އެއްވެސް ތަފާތު ކުރުމެއް ނެތި ކަމަށެވެ. އެހެން ކަމުން، ކޮވިޑުގެ ވެކްސިން ވެސް ބިދޭސީންނަށް ދޭނީ ހިލޭ ކަމަށާއި، ކޮވިޑު ކޮންޓްރޯލް ކުރެވޭނީ ރާއްޖޭގައި އުޅޭ އެންމެނަށް ވެސް ރައްކާތެރިކަން ފޯރުކޮށްދީގެން ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ރާއްޖޭގައި ދިރިއުޅޭ ހުރިހާ އެންމެންނަށް ވެކްސިން ހިލޭ ފޯރުކޮށްދޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފައެވެ. އަދި މިހާރު އިންޑިޔާއިން ރާއްޖެއަށް ފޯރުކޮށްދީފައިވާ ކޮވިޝީލްޑް ވެކްސިންގެ އެއްލައްކަ ޑޯޒް ވަނީ ރާއްޖެ ގެނެސްފައެވެ.

ވެކްސިން ޖަހަން ފަށާނެ ތާރީހެއް މިހާތަނަށް ހާމަކޮށްފައި ނުވާއިރު، ވެކްސިން ޖެހުމަށް ރަޖިސްޓްރީވުމަށް މިހާރު ވަނީ ހުޅުވާލާފައެވެ. ވެކްސިން ޖަހާނެ ތަރުތީބުން ތިން ކެޓަގަރީއަކަށް މީހުން ބަހާފައިވާއިރު އެންމެ ފުރަތަމަ ވެކްސިން ދިނުމަށް ނިންމާފައިވަނީ ސިއްހީ ދާއިރާގައި މަސައްކަތްކުރާ މީހުންނަށެވެ.

ރާއްޖެއަށް ފޯރުކޮށްދީފައިވާ ކޮވިޝީލްޑް ވެކްސިނަކީ އޮކްސްފޯޑްގެ އަސްޓްރާޒެނެކާއާއި އިންޑިޔާގެ ސިރަމް ޔުނިވަރިސީޓީ ގުޅިގެން ތައްޔާރުކުރި ވެކްސިނެކެވެ. މި ވެކްސިނަށް އިމަޖެންސީ ހާލަތުގައި ބޭނުންކުރުމުގެ ހއްދަ ކުރިއަށް އޮތް ހަފްތާއެއް ނުވަތަ ދެހަފްތާ ތެރޭގައި ލިބޭނެކަމަށް ސެރަމް އިންސްޓިޓިއުޓުން ގަބޫލުކުރާކަމަށް މީޑިޔާ ރިޕޯޓުތައް ބުނެއެވެ. އަދި އަންނަ މަހުގެ 16 ވަނަ ދުވަހު އިންޑިޔާގެ ރައްޔިތުންނަށް މިވެކްސިން ދޭން ފަށާނެކަމަށް ވެސް މައުލޫމާތު ލިބެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: