ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނައިފަރު ކައުންސިލް މެމްބަރުގެ ސުލޫކީ މައްސަލައިގެ އިންކުއަރީ ރިޕޯޓު ހަދަން އަންގައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ޅ ނައިފަރު ކައުންސިލް މެމްބަރު މުހައްމަދު ކާރިމްގެ ސުލޫކީ މައްސަލައާ ގުޅިގެން އިންކުއަރީ ރިޕޯޓް ތައްޔާރުކުރުމަށް ހުއްދަދީ، އެ ރިޕޯޓު ތައްޔާރުކުރުމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އަންގައިފިއެވެ.

އެލްޖީއޭގެ މި އަހަރުގެ ތިންވަނަ ބައްދަލުވުމުގައި ނިންމާފައިވަނީ ނައިފަރު ކައުންސިލް މެމްބަރު ކާރިމް އަދި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް އެމްޑީޕީގެ ފަރާތުން ކުރިމަތިލާފައިވާ ކާރިމްގެ ސުލޫކީ މައްސަލައާއި ގުޅުންހުރި ނިންމުންތަކުގެ އިތުރަށް، އިތުރު 8 ނިންމުމެއް އެލްޖީއޭގެ ބައްދަލުވުމުގައި ވަނީ ނިންމާފައެވެ. މީގެ ތެރޭގައި ކަރީމާއި ދެކޮޅަށް ކައުންސިލްގެ އިދާރާއިން ހުށައެޅި މައްސަލައަކާއި ކަރީމްގެ ފަރާތުން އެލްޖީއޭއަށް ހުށައެޅި މައްސަލައެއް ހިމެނެއެވެ.

ކަރީމާއި ދެކޮޅަށް ނައިފަރު ކައުންސިލް އިދާރާއިން ހުށައަޅާފައިވާ މައްސަލައިގައި، އެލްޖީއޭއިން ފާހަގަކޮށްފައިވަނީ ސުލޫކީ މިންގަނޑާއި ޚިލާފްވެފައިވާކަމަށް ބުނެ ކައުންސިލް އިދާރާގެ މުވައްޒަފަކު ކައުންސިލަށް މައްސަލަ ހުށައެޅުމާއި ގުޅިގެން، ކަމާއި ގުޅުންހުރި ފަރާތްތަކުގެ ބަޔާން ނެގުމަށްފަހު އެ މައްސަލަ އޮތޯރިޓީއަށް ހުށައަޅާފައިވާ ކަމަށެވެ. އަދި އެ މައްސަލަ އެ އޮތޯރިޓީން ދިރާސާ ކުރުމަށްފަހު، މައްސަލައިގެ އިންކުއަރީ ރިޕޯޓެއް ހެދުމަށް އޮތޯރިޓީން ވަނީ ކައުންސިލް އިދާރާއަށް ހުއްދަ ދީފައެވެ.

ކަރީމްގެ ފަރާތުން އެލްޖީއޭއަށް ހުށައަޅާފައިވަނީ ސެޕްޓެމްބަރު މަހުގެ މުސާރައިން 6 ދުވަސް ހާޒިރުނުވާ ދުވަސްކަމަށް ބަލައި މުސާރައިން އުނިކޮށްފައިވާތީ، އެ އުނިކުރި ބައި އަލުން އަނބުރާ އިޔާދަކޮށްދިނުމަށް އެދިއެވެ. މައްސަލައިގައި ކާރިމް ފާހަގަކޮށްފައިވަނީ އެއީ އޭނާ ހޯމް ކަރަންޓިނުގައި ހުރި ދުވަސްތައް ކަމަށެވެ.

އެގޮތުން، ކޮވިޑް-19އަށް ޕޮޒިޓިވްވި މީހެއްގެ ސެކަންޑަރީ ކޮންޓެކްޓަކަށް ކާރިމް ވުމާއި ގުޅިގެން ގޭގައި މަޑުކުރުމަށް ނައިފަރު ކައުންސިލުން އެންގުމާ ގުޅިގެން މުޙައްމަދު ކާރިމް ގޭގައި ކަރަންޓީނުވެފައިވަނީ، ކައުންސިލަރުންނަށް ޚާއްސަ ޗުއްޓީ ދިނުމާމެދު އޮތޯރިޓީގެ ބޯޑުން ގޮތެއް ކަނޑައެޅުމުގެ ކުރިން ކަމަށްވާތީ، ބޯޑުން ކަނޑައަޅާފައިވާ އުސޫލުގެ ދަށުން އޭގެ ކުރިން ހިނގާފައިވާ ކަންކަމަށް ޚާއްސަ ޗުއްޓީ ނުދެވުނުކަމުގައި ވީނަމަވެސް، އުސޫލު ކަނޑައެޅުމުގެ ކުރިން ހިނގާފައިވާ މިފަދަ އެހެން ދެ މައްސަލައެއްގައި އޮތޯރިޓީގެ ބޯޑުން ޚާއްސަ ޗުއްޓީ ހަމަޖައްސައިދީފައިވާތީއާއި، އެފަދައިން މި މައްސަލައިގައި ކަރަންޓީނުގެ ޚާއްސަ ޗުއްޓީ ކާރިމަށްވެސް ލިބިދެވެންވާނެކަމަށް ގަބޫލުކުރެވޭތީ، ކާރިމްއަށް ކަރަންޓީނުގެ ޚާއްސަ ޗުއްޓީ ހަމަޖައްސައި ދިނުމަށް ވަނީ އޮތޯރިޓީގެ ބައްދަލުވުމުގައި ނިންމާފައެވެ.

ބައްދަލުވުމުގައި ނިންމި ބައެއް އިތުރު ކަންކަމަށް ބަލައިލާއިރު، ހދ ކުރިނބީ ކައުންސިލްގެ ރައީސް މުހައްމަދު އަފްރާހާއި ގުޅޭގޮތުން މޯލްޑިވްސް ޕޮލިސް ސާވިސްއަށް ހުށައަޅާފައިވާ މައްސަލައާމެދު ގޮތެއް ނިންމުމަށް އިންކުއަރީ ރިޕޯޓެއް ހެދުމަށް ވަނީ އަންގާފައެވެ. އަދި ށ ކޮމަންޑޫއިން އައިސްޕްލާންޓެއް ގާއިމްކުރުމަށް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއަށް 3000 އަކަފޫޓުގެ ބިމެއް ދޫކުރި މައްސައާމެދުވެސް ބައްދަލުވުމުގައި ވަނީ ގޮތެއް ނިންމާފައެވެ. އެގޮތުން، މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީއިން ހުއްދަ ދީފައިވާތީ މިނިސްޓްރީއިން އިއުލާންކޮށްގެން ކުރިއަށްގެންދާ ގޮތަށް އައިސްޕްލާންޓެއް ގާއިމްކުރުމަށް ބިން ދޫކުރުމަށް ހުއްދަ ދިނުމަށް އެލްޖީއޭއިން ވަނީ ނިންމާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: