ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮރަޕްޝަން އިންޑެކްސްގައި ރާއްޖެއަށް 55 ދަރަޖައިގެ ކުރިއެރުމެއް

އެންޓި ކޮރަޕްޝަން ކޮމިޝަން/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޤައުމުތަކުގައި ކޮރަޕްޝަން އަށަގަނެފައިވާ މިންވަރު ދެނެގަތުމުމަސް ތްރާންޕޭރެންސީ އިންޓަރމޭޝަނަލްގެ ފަރާތުން ކޮންމެ އަހަރަކު ތައްޔާރުކުރާ ކޮރަޕްޝަން ޕާރސެޕްޝަން އިންޑެކްސް (ސީޕީއައި)ގައި ރާއްޖެ 55 ދަރަޖަ ކުރިއަށް ޖެހިލައިފިއެވެ.

މި ނިމުނު އަހަރު ސީޕީއައި ހެދުމުގައި ބަލާފައިވަނީ ދުނިޔޭގެ 183 ގައުމާއި ދައުލަތްތައް ހިންގުމުގައި ކޮރަޕްޝަން އަށަގަނެފައިވާކަމަށް ޤަބޫލުކުރެވޭ މިންވަރު ބެލުމަށް ކޮށްފައިވާ ސާވޭތަކަށާއި ފަންނީ މާހިރުންގެ ހޯދުންތަކުގެ އަލީގައި ޝާއިރުކުރާ ދިރާސާތަކުގެ މައްޗަށެވެ.

މިދިޔަ އަހަރުގެ ސީޕީއައިއިން ދައްކާގޮތުގައި 43 ޕޮއިންޓާއެކު ރާއްޖެ އޮތީ 183 ގައުމުގެ ތެރެއިން 75 ވަނައިގައެވެ. 2019 ވަނަ އަހަރާއި އަޅާ ބަލާއިރު މިއީ 14 ޕޮއިންޓްގެ ކުރިއެކުމެވެ. އަދި ގައުމުތަކުގެ ތަރުތީބު ކުރުމަށް ބަލާއިރު މިއީ 55 ދަރަޖައިގެ ކުރިއެރުމެކެވެ.

ޓްރާންސްޕޭރެންސީ އިންޓަނޭޝަަލް އިން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާ އިރު 88 ޕޮއިންޓާ އެކު އެންމެ ކޮރަޕްޝަން ކުޑަ ގައުމުގެ ގޮތުގައި އޮތީ ނިއުޒިލެންޑާއި ޑެންމާކެވެ. އަދި އެންމެ ކޮރަޕްޓް ގައުމެއްގެ ގޮތުގައި 179 ވަނައިގައި އޮތީ ސައުތު ސޫދާނާއި ސޯމާލިއާ އެވެ.

ސީޕީއައިގައި ކުރި ލިބުނު ނަމަވެސް ރާއްޖެ އަދި ވެސް ހިމެނެނީ 50 އަށް ވުރެ ދަށުން ޕޮއިންޓް ލިބުނު ތިންބައިކުޅަ ދެބައި ގަމުތަކުގެ ތެރޭގަ އެވެ. ފާއިތުވި އަހަރުތަކުގައި ގާނޫނީ ނިޒާމު ހަރުދަނާކުރުން ފަދަ ދާއިރާތަކުން ރާއްޖެ ކުރި ހޯދާފައިވީ ނަމަވެސް ކޮރަޕްޝަނާ ދެކޮޅަށް ފުރިހަމަކަމާ އެކު މަސައްކަތް ކުރުމަށް އަދި ވެސް ނުކުޅެދިފައިވާކަން މިސާވޭ އިން ދައްކަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: