ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“ކޯކް އެންޑް މީލްސް ކެމްޕެއިން” ރާއްޖެއަށް: ދެ ލީޓަރުގެ ކޯކު ފުޅިއަކާއި އެކު، ބިއްލޫރި ތައްޓެއް ހިލޭ!

"ކޯކް އެންޑް މީލްސް ކެމްޕެއިން" ރާއްޖެއަށް: ދެ ލީޓަރުގެ ކޯކު ފުޅިއަކާއި އެކު، ބިއްލޫރި ތައްޓެއް ހިލޭ!
ޝެއާރކޮށްލާ ކަހަލަދޯ؟

ކަސްޓަމަރުން ބައްލަވައިގަންނަ ކޮންމެ ދެ ލީޓަރުގެ ކޯކު ފުޅިއަކާއި އެކު، ކޯކުގެ ހާއްސަ ބިއްލޫރި ތައްޓެއް ލިބޭ ޕްރޮމޯޝަނެއް ކޮކާ ކޯލާ ކޮމްޕެނީއިން ފަށައިފި އެވެ.

ކޮކާ ކޯލާ ކޮމްޕެނީގެ “ކޯކް އެންޑް މީލްސް” މި ކެމްޕެއިނުން، އާއިލާއާއި އެކުވެރިންނާއި އެކު އުފާވެރި ވަގުތުކޮޅެއް ހޭދަކުރެވޭނެކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

“ކޯކް އެންޑް މީލްސް” އަކީ ބައިނަލްއަގުވާމީ ފެންވަރުގައި ކޮކާ ކޯލާ ކޮމްޕެނީއިން ކުރިޔަށް ގެންދާ ކެމްޕެއިނެކެވެ. އަދި މި ކެމްޕެއިންގެ މަގްސަދަކީ ގޭގައި ތައްޔާރު ކުރާ ކެއުންތަކަށް އިތުރު ފުރިހަމަކަމެއް ގެނެސްދިނުމެވެ.

ކެމްޕެއިނާއި ގުޅޭގޮތުން ކޮކާ ކޯލާ މޯލްޑިވްސް، ކަންޓްރީ މެނޭޖާރ ޕަންކަޖް ސިންހާ ވިދާޅުވީ، ރާއްޖެއަށް “ކޯކް އެންޑް މީލްސް” ކެމްޕެއިން ތައާރަފް ކުރުމަކީ ލިބުނު އުފަލެއްކަމަށެވެ. އަދި މި ދުވަސްވަރަކީ ނިއު ނޯމަލްގެ ދަށުން އާއްމުން ގިނަ ވަގުތުތައް ގޭގައި ހޭދަކުރާ ދުވަސްތަކެއް ކަމުން، ކުރިޔަށް ވުރެ އައިލާތަކާއި ގުޅުން ބަދަހިވުން އެއީ މުހިންމުކަމެއްގެ ގޮތުގައި ޕަންކަޖް ފާހަގަ ކުރެއްވިއެވެ. އަދި އެކަމަށް އެންމެ ބޮޑަށް އެހީތެރިވެދޭނީ، ކޮކާ ކޯލާ ކޮމްޕެނީއިން ކަމަށެވެ.

ކޮކާ ކޯލާއިން އަދާކުރާ ދައުރަކީ، ގޭގެ ސުފުރާތައް މަތި އިތުރަށް ފުރިހަމަ ކުރުމުގެ ގޮތުން ކޮންމެ މުނާސަބަތާއި ވެސް ގުޅޭ ބުއިމެއް ގެނެސްދިނުން ކަމަށް ޕަންކަޖް ވިދާޅުވެފައި ވެއެވެ.

ގޭގައި ތައްޔާރު ކުރާ ކެއުންތަކަށް، މިހާރު ކަސްޓަމަރުންނަށް ދެ ލީޓަރުގެ ކޯކު ފުޅިއަކާއި އެކު ކޯކުގެ “ބެލް ގްލާސް” ނުވަތަ ބިއްލޫރި ތައްޓެއް ހިލޭ ލިބޭނެކަމަށް ކޮކާކޯލާއިން ވަނީ މައުލޫމާތު ދީފައެވެ.

މި ޕްރޮމޯޝަން، އަންނަ މާޗު މަހުގެ ނިޔަލަށް ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: