ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަންނަ މަހުގެ ތިނެއްގައި ވެކްސިން ދޭން ފަށަނީ!

އިންޑިއާ އިން ރާއްޖެ އަށް ހަދިޔާކޮށްފައިވާ ކޮވިޑް-19ގެ ވެކްސިން/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑްޝީލްް ވެކްސިން ރާއްޖޭގައި ބޭނުންކުރުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ދިނުމާއި އެކު ވެކްސިން އަންނަ މަހުގެ 03 ގައި ދޭން ފަށާނެކަމަށް އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބިއްޖެއެވެ.

“ސަންގު” އަށް އިތުބާރު ހުރި މަސްދަރުތަކުން މިކަން ވަނީ ކަށަވަރު ކުރެވިފަ އެވެ. މައުލޫމާތު ލިބޭ ގޮތުން، ސަރުކާރުގެ އަމާޒަކީ މަޖިލީސް ހުޅުވުމުގެ ގޮތުން ބާއްވާ ރިޔާސީ ބަޔާނުގެ ކުރިން ވެކްސިން ދިނުމުގެ މަސައްކަތް ފެށުމަށެވެ.

މިރޭގެ ވަގުތެއްގައި، ބަޔާނެއް ނެރެ އެމްއެފްޑީއޭއިން ވެސް ވަނީ، ރާއްޖޭގައި ކޮވިޝީލްޑް ވެކްސިން ދިނުމުގެ ހުއްދަ މި މަހުގެ 26 ގައި ދީފައިވާކަން ހާމަކޮށްފަ އެވެ. އަދި ހުއްދަ ދީފައިވަނީ ހާލަތަށް ރިއާޔަތްކޮށް ހަމަ އެކަނި އެމަޖެންސީ ހާލަތުގައި ބޭނުން ކުރުމަށް ކަމަށް އެ ބަޔާނުގައި ވެއެވެ.

ރާއްޖޭގައި އެ ވެކްސިން ބޭނުން ކުރުމުގެ ހުއްދަ ދީފައިވަނީ އެކަމުގައި ބަލަންޖެހޭ ޓެކްނިކަލް ކަންކަން ބަލާ ދިރާސާކުރުމަށް ފަހު އެ އޮތޯރިޓީގެ ފަންނީ ލަފާދޭ ނެޝަނަލް ފާމަސޫޓިކަލް ބޯޑުގެ ލަފަޔާއެކު ކަމަށް އެމްއެފްޑީއޭއިން ބުނެފައި ވެއެވެ.

އެމްއެފްޑީއޭއިން ބުނީ ކޮވިޝީލްޑް ވެކްސިން ރާއްޖޭގައި ބޭނުން ކުރުމުގެ ހުއްދަ ދިނުމުގެ ކުރިން އޮކްސްފޯޑް އެކްސްޓްރާ ޒެނަކާ ވެކްސިނާއި ކޮވިޝީލްޑް ބްރޭޑްގެ ވެކްސިނާއި ގުޅޭގޮތުން އެކި ގައުމުތަކުގެ އިތުބާރު ހިފޭ އިދާރާތަކުން ހިއްސާކޮށްފައިވާ ލިޔެކިޔުންތައް ދިރާސާކޮށްފައިވާނެ ކަމަށެވެ. އަދި އެ ބެލި ބެލުމުން އެއީ އެއް ކޮމްޕޮޒިޝަން އަދި ފޯމިއުލޭޝަނެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ދެ ވެކްސިނެއްކަން ޔަގީން ކުރެވިފައިވާ ކަމަށެވެ.

އެމްއެފްޑީއޭއިން ކޮވިޝީލްޑް ބްރޭންޑުގެ ވެކްސިނަށް ހުއްދަ ދޫކޮށްފައިވަނީ، އުމުރުން 18 އަހަރުން މަތީގެ މީހުންނަށް ބޭނުން ކުރުމަށެވެ. އަދި މާބަނޑު މީހުންނަށް ވެކްސިން ދިނުމުގެ ހުއްދަ ދޫކޮށްފައިނުވާނެކަން ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ.

އާންމުކޮށް ކޮންމެ ވެކްސިނަކީ ވެސް، އެ ބޭނުން ކުރުމުން ރިއެކްޝަންތަކެއް ނުވަތަ ސައިޑް އިފެކްޓްސްތައް އަންނާނެ ވެކްސިނެއް ކަމަށާއި، ކޮވިޝީލްޑް ވެކްސިންއިން ދިމާވެދާނެ ކަންކަމަށް އެ އޮތޯރިޓީއާއި ހެލްތް މިނިސްޓްރީ އަދި އެޗްޕީއޭއިން މޮނިޓްރިން ޕްރޮގްރާމްތައް ކުރިޔަށް ގެންދާނެކަމަށް ބަޔާނުގައި ވަނީ ބުނެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: