ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައު ގަވައިދާއެކު އިމާރާތްކުރާ ތަނުގެ ތެރޭގައި މަސައްކަތްތެރިން ނިންދެވުން މަނާ

އިމާރާތްކުރަމުންދާ ސައިޓެއްގައި މަސައްކަތްތެރިންތަކެއް ހަރަކާތްތެރިވަނީ -- ފޮޓޯ: މޯލްޑިވްސް ޓުޑޭ
ޝެއާރކޮށްލާ ކަހަލަދޯ؟

އަލަށް އެކުލަވާލީ “ވަޒީފާދޭ ފަރާތުގެ މުވައްޒަފުން ދިރިއުޅުމަށް ހަމަޖައްސާ ތަންތަނުގެ ޢާންމު މިންގަނޑުތަކުގެ ގަވާއިދު” ގައި، ކަނޑައަޅާފައިވާ މިންގަނޑުތަކާއެކު އިމާރާތްކުރާ ތަނުގެ ތެރޭގައި މުވައްޒަފުން ނިންދެވުން މަނާވެއްޖެއެވެ.

ބުރާސްފަތި ދުވަހު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ގެޒެޓުގައި ޝާއިއުކުރި މި ގަވާއިދަށް އަމަލުކުރަން ފަށާނީ، އެ ތާރީހުން ފެށިގެން ހަ މަސް ދުވަސް ހަމަވާ ތާރީހުން ފެށިގެންނެވެ. އެހެންކަމުން މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މި އަހަރުގެ ޖުލައި މަހުގެ 30 ވާ ހުކުރު ދުވަހުން ފެށިގެންނެވެ.

އިމާރާތްކުރާ ތަނުގައި މުވައްޒަފުން ނިންދެވުން މަނާކޮށް، މި ގަވާއިދުގެ އާންމު މިންގަޑުތަކާ ބެހޭ މާއްދާގެ (ށ) ގައި ވަނީ އިމާރާތް ކުރުމުގެ މަސައްކަތްކުރާ ސަރަޙައްދެއްގައި ދިރިއުޅުމަށް ތަނެއް ޤާއިމުކުރާނަމަ، އެ ތަނަކާއި މަސައްކަތްކުރާ ތަނާ ދެމެދު، އިން ވަކިކޮށްފައި ހުންނަންވާނެކަމަށެވެ. އަދި ހަމަ އެ މާއްދާގެ (ރ) ގައި ވަނީ ދިރިއުޅުމަށް ޤާއިމުކުރާ ތަންތަނާއި މަސައްކަތްކުރާ ސަރަޙައްދާ ދެމެދު މަދުވެގެން 1.5 މީޓަރު (4.92 ފޫޓު) ގެ ދުރުމިން ހުންނަންވާނެކަމަށް ބަޔާންކޮށްފައެވެ.

މި ގަވާއިދުގައި ބަޔާންކުރާ މިންގަނޑުތަކާއި ޙިލާފުވާ ފަރާތްތައް 2000ރ. އަށް ވުރެ ބޮޑު ނޫން އަދަދަކުން އަދަދަކުން ޖޫރިމަނާކުރުމުގެ އިޙުތިޔާރު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް ލިބިގެންވެއެވެ.

ދިވެހިރާއްޖޭގައި، ހާއްސަކޮށް ވެރިރަށް މާލޭގައ،ި އިމާރާތްކުރާ ތަނުގައި ހެދިފައި ހުންނަ ވަގުތީ ތަންތަނުގައި ބިދޭސީން ނިންދަވާ މައްސަލަތައް ފާހަގަވެއެވެ. މިއީ މަސައްކަތްތެރިންގެ ސަލާމަތާއި ސިއްހީ ރައްކަލަށް މައްސަލަތަކެއް ކުރިމަތިވެދާނެ ކަމެއްގެ ގޮތުގައި ސިއްހީ މާހިރުންނާއި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ދެކޭ ކަމެކެވެ.

އެގޮތުން ދުނިޔޭގެ ތަހުޒީބު ގައުމުތަކުގައިވެސް، އިމާރާތްކުރާ ތަނުގެ ތެރޭގައި މަސައްކަތްތެރިން ނިންދެވުން މަނާކޮށް ގަވާއިދުތައް ހަދާ، ގަވާއިދާ ޙިލާފުވާ ފަރާތްތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރުމުން ފެށިގެން ގޮސް، ބިލްޑިންގ ޕަރމިޓް ހިފެހެއްޓުން ފަދަ ފިޔަވަޅުތައް އަޅައެވެ.

ވަރަށް ގަދަ
40%ވަރަށް ގަދަ 40%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 20%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: