ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަދާލަތު ޕާޓީއިން ހުށައެޅި އިސްލާހުތައް އީސިއިން ބަލައިގެންފި

އަދާލަތު ޕާޓީގެ އިސް ބައެއް ބޭފުޅުން
ޝެއާރކޮށްލާ ކަހަލަދޯ؟

އަދާލާތު ޕާޓީގެ އަސާސީ ގަވާއިދު އިސްލާހު ކުރުމަށް ހުށައެޅި އިސްލާހުތައް އިލެކްޝަންސް ކޮމިޝަނުން ބަލައިގެންފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިކަން ހާމަކޮށް ބުނެފައިވަނީ އަދާލަތު ޕާޓީގެ އިސްލާހު ގެނެވުނު ދުސްތޫރު ކޮމިޝަންގެ 33 ވަނަ ޖަލްސާއިން އިއްޔެ ފާސްކޮށްފައިވާ ކަމަށެވެ.

އަދާލަތުގެ ޕާޓީގެ ރައީސްކަމުގެ މަގާމަށް ކުރިމަތިލުމަށް ފިރިހެނަކަށްވާންޖެހޭ ކަމަށް އޮތް އޮތުން ބަދަލުކޮށް އަންހެނުންނަށް ވެސް އެ މަގާމަށް ކުރިމަތިލެވޭ ގޮތަށް މީގެ ދުވަސްތަކެއް އިސްލާހު ހުށައެޅީ ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އެވެ. ޕާޓީގެ އެތެރޭގެ އިންތިޚާބު ބޭއްވުމަށް ނިންމައި، އެކަން އިއުލާންކުރުމާއެކު ޕާޓީގެ އެކި އުސޫލުތަކަށް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. އެންމެ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވަނީ ޕާޓީގެ ލީޑަރުގެ މަގާމަށް އަންހެނަކަށް ކުރިމަތިނުލެވޭ ގޮތަށް އޮތް އޮތުމަށެވެ.

އެކަން އިސްލާހުކުރުމަށް އަންހެނުންނަށްވެސް ޕާޓީގެ ލީޑަރުގެ މަގާމަށް ކުރިމަތިލެވޭ ގޮތަށް ހެދުމަށް ހުށައަޅުއްވާ އިމްރާން ވިދާޅުވީ، ޕާޓީގެ ލީޑަރަކަށް ވުމަށް ހުންނަށް ޖެހޭ ޝަރުތުތަކުގެ ތެރޭގައި ފިރިހެނަކަށްވުން ހިމަނާފައި އޮތީ، ޕާޓީ އުފެދިގެން އައިއިރު، ޕާޓީގެ މެމްބަރުން ނިންމެވި ގޮތްކަމަށް ވާތީ ކަމަށެވެ. އަދި މިކަން ޕާޓީގެ އިސްސަފުގައި ތިއްބެވި ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެކަމަށް އޭރު ވިދާޅުވެފައިވެއެވެ.

ޕާޓީގެ ލީޑަރުކަމަށް އަންހެނުންނަށް ނާދެވޭ ގޮތަށް އޮތް އޮތުމަކީ ދީނީ ގޮތުން ލާޒިމްކުރާ ކަމަކަށް ނުވިޔަސް، އެއީ އޭރު ޕާޓީގެ މެމްބަރުން ނިންމެވި ނިންމެވުން ކަމަށް އިމްރާން ވިދާޅުވިއެވެ. އަދި އެ އިސްލާހު އީސީއަށް ހުށައެޅުއްވީ ޕާޓީގައި ހިމެނޭ ދީނީ އިލްމުވެރިންނާއި މަޝްވަރާކުރެއްވުމަށްފަހު މަޝްވަރާ މަޖިލީހުގެ 7 މެމްބަރުންގެ ސޮޔާއެކުގައިކަމަށް އިމްރާން ވަނީ ވިދާޅުވެފައެވެ.

އަދާލަތު ޕާޓީގެ އިންތިޚާބު އެންމެ ފުރަތަމަ ބޭއްވުމަށް ނިންމާފައިވަނީ މި މަހުގެ 19 ވަނަ ދުވަހު އެވެ. އެހެން ނަމަވެސް، ފަހުން މަގާމަތްކަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށް އިންތިޚާބު ބާއްވާނެ ތާރީޚު ވަނީ ފަސްކޮށްފައެވެ. އަދި މިހާރު ޕާޓީގެ ރައީސާއި ނައިބް ރައީސްގެ މަގާމަށް ބޭފުޅުން ހޮވުމަށް އޮންލައިންކޮށް ބާއްވާ އިންތިޚާބު ބޭއްވުމަށް ނިންމާފައިވަނީ މިމަހުގެ 30 ވަނަ ދުވަހުއެވެ. ޕާޓީގެ ރައީސްކަމަށް ވާދަކުރައްވާކަމަށް އިއުލާންކޮށްފައިވަނީ މިސަރުކާރުގެ ދެ ވަޒީރުންކަމަށްވާ ޑރ އަހުމަދު ޒާހިރު އަލީ އާއި އިމްރާން އެވެ.

އިންތިޚާބު ބޭއްވުމަށް ތައްޔާރުވަމުން އަންނައިރު، ޕާޓީގެ ރައީސްކަމުގެ މަގާމުގައި އިމްރާން އަދި ނައިބް ރައީސްގެ މަގާމުގައި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު އިންތިޚާބަކާއި ނުލައި 4 އަހަރުވަންދެން ހުންނެވި މައްސަލަ އޮތީ ވަރަށް ބޮޑުވެފައެވެ. އަދި އެމައްސަލަ ޕާޓީގެ އާންމު މެމްބަރުން އިލެކްޝަންސް ކޮމިޝަނަށްވެސް ވަނީ ހުށައަޅާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: