ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިދިކޮޅު އެއްވުމުގެ ތެރެއިން 11 މީހަކު ހައްޔަރުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅު ޕީޕީއެމް/ޕީއެންސީ އިން މިއަދު މާލޭގައި ބޭއްވި އެއްވުމުގެ ތެރެއިން 11 މީހަކު ހައްޔަރުކޮށްފިއެވެ.

އިދިކޮޅު ކޯލިޝަނުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ މިއަދުގެ އިހުތިޖާޖުގެ ތެރެއިން 11 މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި ހައްޔަރުކުރި މީހުންގެ ތެރޭގައި ޕީއެންސީގެ ކައުންސިލް މެމްބަރަކާއި ސްޓިއަރިން ކޮމިޓީގެ މެމްބަރުން ހިމެނޭ ކަމަށެވެ.

އަދި މިއަދުގެ އިހުތިޖާޖުގެ ތެރެއިން އެކަކަށް އަނިޔާ ކުރުމުގެ ސަބަބުން އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާއި އެމީހާ ހޭނެތިފައިވާ ކަމަށް ހީނާ ވިދާޅުވިއެވެ.

ޕީޕީއެމް އޮފީސް ދޮރުމަތިން ފެށި މި އިހުތިޖާޖު ކުރިއަށްގެންދަނީ “އިންސާފު ކޮބާ؟” ގެ ނަމުގައެވެ. މިއިހުތިޖާޖުގައި ފަސް އަހަރަށް ޖަލަށްލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރުމަށް ގޮވާލުމުގެ އިތުރުން އެހެނިހެން ބަައެއް ކަންކަމަށް ވެސް އިދިކޮޅު ފަރާތްތަކުން ދަނީ ގޮވަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: