ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަށަށް ބަދަލުވާ ޢާއިލާތަކަށް 6 މަސްވަންދެން 3000 ރުފިޔާގެ އެލަވެންސްއެއް!

ލޯންޗަކަށް މުދާ އަރުވަނީ-- ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑު-19ގެ ސަބަބުން ދިރިއުޅުމުގެ ހާލަތު ބަދަލުވެ އަތޮޅުތެރެއަށް ދިރިއުޅުން ބަދަލު ކުރަން އެދޭ އާއިލާތަކަށް 3000 ރުފިޔާގެ އެލަވެންސެއް ދޭގޮތަށް ނިންމާ އެކަމުގެ ޤަވާއިދު އެކުލަވާލައިފިއެވެ.

“ހާލަތު ބަދަލުވުމުގެ ސަބަބުން އަތޮޅުތެރެއަށް ދިރިއުޅުން ބަދަލުކޮށް ވަޒަންވެރިވާން އެދޭ ފަރާތްތަކަށް ހިންގާ ޕްރޮގްރާމުގެ ދަށުން އެހީ ފޯރުކޮށްދިނުމުގައި އަމަލުކުރާނެ ގޮތުގެ ޤަވާއިދު”ގައި ބުނެފައިވާގޮތުގައި އެހީއަށް އެދޭ ފަރާތްތަކާއި އެހީ ފޯރުކޮށްދެވޭ ފަރާތްތަކުގެ ދަފުތަރެއް ޖެންޑަރ މިނިސްޓްރީން ބަލަހައްޓަންޖެހެއެވެ. މި ޕްރޮގްރާމްގެ ދަށުން އެހީއަށްއެދޭ ޚާއްސަ ފޯމު ހުށަހަޅަން ޖެހެނީ އެހީ އަށް އެދޭ ފަރާތުން ވަޒަންވެރިވާން އެދޭ ރަށުގެ ކައުންސިލަށެވެ. އަދި އެކަމަށް އެދޭތާ 30 ދުވަހުގެ ތެރޭގައި އެހީއަށް ޝަރުތު ހަމަވާނަމަ އެކަން ނުވަތަ ނުވާނަމަ އެކަންވެސް މިނިސްޓްރީގެ ފަރާތުން އަންގަން ޖެހޭނެކަމަށް ޤަވާއިދުގައިވެއެވެ.

މި ޤަވާއިދުގެ ދަށުން ފޯރުކޮށްދޭ މާލީ އެހީގެ ތެރޭގައި ހިމެނެނީ އެސްޓެބްލިޝްމެންޓު އެލަވަންސްގެ ގޮތުގައި ހަމަސް ވަންދެން އާއިލާއަކަށް 3000 ރުފިޔާއެވެ. އަދި ވަޒަންވެރިވުމަށް ދަތުުރުކުރާ ރަށަށް ދިޔުމަށް އެއްކޮޅު ޓިކެޓުގެ އިތުރުން އެމީހަކު ބަދަލުވާ ރަށެއްގައި އުޅޭނެ ގެދޮރު މަރާމާތު ކުރަން ޖެހިއްޖެނަމަ އެކަމަށް ހިނގާނެ ޚަރަދުގެ އިންސައްތައާއި އާއިލާގެ ހާލަތަށް ބަލައި ފަރުނީޗަރު ހޯދުމަށް ހިނގާނެ ޚަރަދުގެ ވަކި އިންސައްތައެކެވެ. އެގޮތުން ފަރުނީޗަރުތައް ހޯދުމަށާއި ގެދޮރު މަރާމާތުކުރުމަށްޓަކައި 20000 ރުފިޔާއަށްވުރެ މަތި ނޫން އަގެއްގައި ލޯން ދޫކުރާނެކަމަށް ޖެންޑަރ މިނިސްޓްރީން ކުރިން ވަނީ ބުނެފައެވެ.

މި އެހީއަށް އެދޭ ފަރާތްތަކުގެ ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި، ޢުމުރުން 18 އަހަރުނުވާ އެއް ކުއްޖަކު އެމީހެއްގެ ބެލުމުގެދަށުގައި ހުންނަން ޖެހުމާއި، އެމީހެއްގެ ދިރިއުޅުން އެހެން ރަށަކަށް، ދިގުމުއްދަތަކަށް ބަދަލުކުރަން ބޭނުންވި ނަަމަވެސް އެކަން ކުރެވޭގޮތް ފަހިވެފައި ނެތުމާއި ބަދަލުވާން ބޭނުންވާ ރަށުގައި ދިރިއުޅޭނެ އިންތިޒާމް ހަމަޖެހިފައިވުން ނުވަތަ އެފަދަ އިންތިޒާމެއް ހަމަޖެއްސޭނެ ފަދަ ގޮތެއް ހުރުން ހިމެނެއެވެ. އަދި އެ މީހަކީ މާލެ ސަރަހައްދުގައި ދިރިއުޅޭތާ މަދުވެގެން އަހަރެއްވެފައިވާ ދިވެއްސަކަށްވެސް ވާންޖެހޭނެކަމަށް މި ޤަވާއިދުގައިވެއެވެ.

މި ޤަވާއިދުގައި މާލީ އެހީ ދޭނަމަ އެމީހަކީ ފަޤީރުކަމުގެ ހާލަތު ދެނެގަތުމާ ގުޅޭގޮތުން އެންސްޕާއިން އާންމުކޮށްފައިވާ ގަވާއިދު ބުނާ މިންވަރަށްވުރެ މަދުން އާމްދަނީ ލިބޭ މީހަކަށް ވާންޖެހޭނެކަމަށްވެސް ބުނެފައިވެއެވެ. މިޕްރޮގްރާމްގެ ދަށުން ސްކޫލު ކުދިންނަށް ސްކޫލުން ޖާގަ ހޯދައިދިނުމަށާއި ސްކޫލަށް ބޭނުންވާ ތަކެތި ހޯދުމަށް ދަތިވާނަމަ އެކަމަށްވެސް އެހީ ދޭނެކަމަށް ބުނެފައިވާއިރު، ސްކޫލަށް ދިއުމަށް އިތުރު މާލީ އެހީ ބޭނުންވާނަމަ އެފަދަ ތަކެތި ގަތުމަށް ލުއި ލޯނު ފަދަ ވަސީލަތްތައް ހޯދުމަށް ދައުލަތުގެ ކަމާ ގުޅުންހުރި މުއައްސަސާތައް މެދުވެރިކޮށް އެހީތެރިވާނެ ކަމަށްވެސް ޤަވާއިދުގައިވެއެވެ.

މާލޭގައި ދިރިއުޅޭ އަތޮޅުތަކުގެ ރަށްތަކުގެ ރައްޔިތުންގެ ތެރެއިން އަމިއްލައަށް ރަށަށް ބަދަލުވާން ބޭނުންވާ މީހުންނަށް އެފުރުޞަތު ދިނުމަށް ގެންދާ ޚާއްޞާ ޕްރޮގްރާމްގެ ދަށުން 500 އާޢިލާއަކަށް އަހަރެއްގެ މައްޗަށް 26.7 މިލިޔަން ރުފިޔާ ޚަރަދުވާނެކަމަށް ޖެންޑަރ މިނިސްޓްރީން ކުރިން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: