ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމެރިކާއިން ފަލަސްތީނަށް އިންސާނީއެހީ އަލުން ދޭން ނިިންމައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ފަލަސްތީނުގެ ރެފިއުޖީންނަށް އެމެރިކާ ދޭ އިންސާނީ އެހީ އަލުން ދޭން ފެށުމަށް ރައީސް ޖޯ ބައިޑަންގެ ސަރުކާރުން ނިންމި ނިންމުމަށް ފަލަސްތީނުން މަރުހަބާ ކިޔައިފި އެވެ.

ފަލަސްތީނުގެ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މިއީ ބައިޑެންގެ ސަރުކާރުން ރަނގަނޅަށް އެޅި ފިޔަވަޅެއްކަމަށާއި މިކަމަށް މަރުހަބާ ކިޔާ ކަމުގަ އެވެ.

އެމެރިކާ ފަލަސްތީނުގެ ރެފިއުޖީންނަށް ދޭ އިންސާނީއެހީ ދެނީ ރެފިއުޖީންގެ ދިރިއުޅުމުގެ ކަންތައްތައް ބަލަހައްޓާ އދ.ގެ އިދާރާކަމަށްވާ “ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވާކްސް އެޖެންސީ ފޯ ޕަލެސްޓައިން ރެފިއުޖީސް” (ޔުންރުވާ) މެދުވެރިކޮށެވެ..

އެމެރިކާއިން ފަލަސްތީނުގެ ރެފިއުޖީންނަށްދޭ އިންސާނީއެހީގެ 300 މިލިޔަން ޑޮލަރު އަލުން ދޭންނިންމިކަން އިއުލާންކުރައްވާފައި ވަނީ އެމެރިކާ އިން އދ. އަށް ކަނޑައަޅާފައިވާ ދާއިމީ މަންދޫބު ރިޗަޑް މިލްސްއެވެ.

ވަރަށް ގަދަ
71%ވަރަށް ގަދަ 29%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: