ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީންގެ ޝަރީއަތް: ރ. ފުއްގިރި މައްސަލައިގެ އަޑުއެހުމެއް މާދަމާ!

ކުރީގެ ރައީސް އަބްދުﷲ ޔާމީން : ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްއެމްޕީއާރްސީ މެދުވެރިކޮށް ޓޫރިސްޓު ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށްޓަކައި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް އާދިއްތަ ދުވަހަށް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފިއެވެ.

އާދިއްތަ ދުވަހުގެ މެންދުރު 14:00 އަށް ތާވަލުކޮށްފައިވާ އަޑު އެހުމަކީ ރައީސް ޔާމީން މައްޗަށްކުރާ ދައުވާއަށް އެމަނިކުފާނު ޖަވާބު ދާރީވުމަށް ބާއްވާ ޝަރީއަތުގެ މަޖިލީހެވެ. މި މައްސަލައިގައި ޖެނުއަރީ ހަތްވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި ދައުލަތުން ރައީސް ޔާމީންގެ މައްޗަށް އުފުލާ ދައުވާތައް ސާފުވާތޯ ރައީސް ޔަމީނާއި ސުވާލު ކޮށްފައިވެ އެވެ. ނަމަވެސް ދައުލަތުގެ ފަރާތުން ތަކުރާރުކޮށް، ދައުވާ އޮޅުން ފިލުއްވައި ދިން ނަމަވެސް ރައީސް ޔާމީނާއި، ވަކީލުން ވަނީ ދައުވާ ސާފު ނުވާ ކަމަށް ވިދާޅުވެފައެވެ. އަދި ދައުވާއަށް ޖަވާބު ދިނުމުގެ ފުރުސަތު އަންނަ އަޑުއެހުމެއްގައި ދެއްވާނެ ކަމަށް ގާޒީ ވިދާޅުވިއެވެ.

މައްސަލައިގެ ޚުލާސާ

ދައުލަތުގެ ފަރާތުން ރައީސް ޔާމީންގެ މައްޗަށް އުފުލި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާގައިވަނީ ޓޫރިޒަމް މިނިސްޓްރީ އާއި މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) މެދުވެރިކޮށް ޓޫރިސްޓު ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށްޓަކައި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅިގެން ރައީސް ޔާމީން މަގާމުގެ ނުފޫޒު ބޭނުންކޮށް، ކ. މާލެ، މއ. ކުރިކީލަހިޔާ، އަހުމަދު ކްރިކް ރިޟާ މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި 1.1 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 17.2 މިލިއަން ރުފިޔާ) ރިޝްވަތުގެ ގޮތުގައި ނަންގަވާފައިވާ ކަމަށެވެ.

މީގެ އިތުރުން އެ ފައިސާގެ ތެރެއިން  1.1 މިލިއަން ޑޮލަރު ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ކުންފުނީގެ އެކައުންޓަކަށް ޖަމާކޮށް، ރައީސް ޔާމީންގެ ނަމުގައި އިސްލާމިކް ބޭންކްގައި ހުޅުވާފައިވާ އެކައުންޓަށް އެ ފައިސާ ޖަމާކޮށްފައިވާ ކަމަށެވެ. އަދި އޭގެ ފަހުން އެ ފައިސާ ރައީސް ޔާމީންގެ ނަމުގައި ހުރި ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓަކަށް ބަދަލުކޮށް، އެ ފައިސާއިން މަންފާ ހޯދުމަށްޓަކައި 36 މަސް ދުވަހަށް އިންވެސްޓްކޮށްފައިވާ ކަމަށް ދައުވާގައިވެއެވެ.

މި މައްސަލައިގައި ދައުވާކޮށްފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށާއި، ކ. މާލެ، މއ. ކުރިކީލަހިޔާ، އަހުމަދު ކްރިކް ރިޟާގެ މައްޗަށާއި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށެވެ.

މި މައްސަލައިގައި އަހުމަދު ކްރިކް މައްޗަށް ކުރަނީ ރިޝްވަތު ދިނުމުގައި މެދުވެރިއަކަށްވުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑްރިންގެ ކުށުގެ ދައުވާއެވެ. ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ކުރަނީ މަނީ ލޯންޑްރިންގެ ކުށުގެ ދައުވާއެވެ.

ރައީސް ޔާމީންގެ މައްޗަށް ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ އުފުލީ ގާނޫނުލް އުގޫބާތުގެ 510 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ، އެ މާއްދާގެ (ރ) ގެ ދަށުންނެވެ. މަނީ ލޯންޑްރިންގެ ކުށުގެ ދައުވާ އުފުލީ މަނީ ލޯންޑްރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ 53 ވަނަ މާއްދާގެ (ށ) ގެ ދަށުންނެވެ.

ރިޒާގެ މައްޗަށް ދައުވާ އުފުލީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ 7 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ، އެ މާއްދާގެ (ށ) ގެ ދަށުން ރިޝްވަތު ދިނުމުގައި މެދުވެރިއަކަށް ވުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑްރިންގެ ކުށުގެ ދައުވާއެވެ.

މި މައްސަލައިގައި ހިމެނޭ ކުށް ކޮށްގެން ހޯދާފައިވާ 20.8 މިލިއަން ރުފިޔާ އާއި ކުށުގެ އަމަލުން ހޯދި ފައިސާއާ އެއްކޮށްފައިވާ 35.3 މިލިއަން ރުފިޔާގެ އިތުރުން ޖޫރިމަނާގެ ގޮތުގައި ނަގައިދޭން އެދޭ 534 މިލިއަން ރުފިޔާ ވެސް ދައުލަތަށް ހޯދަން މަސައްކަތް ކުރާނެއެވެ.

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން އުފުލާފައިވާ ދައުވާގައި މީގެ ކުރިން ބޭއްވި އަޑު އެހުމުގައި ރައީސް ޔާމީންގެ މިލްކިއްޔާތުގައި ހުރި، އެމަނިކުފާނުގެ އާމްދަނީއާ ނުބައްދަލު މުދަލާއި ފައިސާ ދައުލަތަށް ނަގައިދިނުމުގެ އަމުރަކަށް، ދައުލަތުން މިއަދު ކްރިމިނަލް ކޯޓުގައި އެދިފައިވެއެވެ.

ގއ. ވޮޑަމުލާ ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު ދެ ފަހަރެއްގެ މަތިން އެސްއޯއެފް ކިޔާ ކުންފުންޏެއްގެ އެކައުންޓެއް މެދުވެރިކޮށް ޔާމީންގެ އެކައުންޓަކަށް ޖަމާވި ކަމަށް ބުނެ، ރައީސް ޔާމީންގެ މައްޗަށް އުފުލު ދައުވާއެއް ސާބިތުވެ އެމަނިކުފާނު މިހާރުވެސް ގެންދަވަނީ ފަސް އަހަރުގެ ޖަލި ހުކުމެއް ތަންފީޒް ކުރައްވަމުންނެވެ. އަދި އޭގެ އިތުރުން ފަސް މިލިއަން ޑޮލަރުން ޖޫރިމާވެސް ކުރިއެވެ.

އެ ހުކުމް ރައީސް ޔާމީންގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިއުނާފް ކުރެއްވުމުން، އެމަނިކުފާން ފަސް އަހަރަށް ޖަލަށް ލުމާ އެކު ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ކުރި ހުކުމް ރަނގަޅު ކަމަށްވަނީ ނިންމާފައެވެ.

އެ ހުކުމް ހުކުމް ރަނގަޅު ކަމަށް ހައި ކޯޓުގައި ބޭއްވި އަޑުއެހުމުގައި ނިންމީ އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރު ހުސައިން މަޒީދާއި ފަނޑިޔާރު މުހައްމަދު ނިޔާޒްގެ އަޣުލަބިއްޔަތުންނެވެ. ފަނޑިޔާރު ހުސައިން ޝަހީދުގެ ރައުޔަކީ ދަށު ކޯޓުގެ ހުކުމް ގޯސް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: