ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހެކި އުފައްދާ ކަމަށް ބުނާނަމަ އަބުރުގެ ދައުވާ ކުރާނަން: ދިޔާނާ

ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު/ ފޮޓޯ: އައްޑޫ ލައިވް
ޝެއާރކޮށްލާ ކަހަލަދޯ؟

ދޮގު ބަޔާން ހުށަހަޅުއްވައި، ހެކި އުފައްދަވާ ކަމަށް ތުހުމަތު ކުރާނަމަ އަބުރުގެ ދައުވާ ކުރައްވާނެ ކަމަށް ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު ވިދާޅުވެއްޖެއެވެ.

ދިޔާނާ މިހެން ވިދާޅުވީ އެމްއާރްއެމްގެ ސެކެޓަރީ ޖެނެރަލް އަބްދުލް އަލީމް ކުރެއްވި ތުހުމަތަކާ ގުޅިގެންނެވެ.

އަލީމް އެ ތުހުމަތު ކުރެއްވީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ދެއްވި ފައިސާތަކަށް މައުމޫންގެ ދަރިކަލުން ފާރިސް މައުމޫން ހިޔާނާތްތެރިވި ކަމަށް ބުނެ ދިޔާނާ ފުލުހަށް ހުށަހެޅުއްވި މައްސަލައަށް އިޝާރާތްކޮށެވެ.

އެގޮތުން މި މައްސަލައިގައި ބަޔާނަކާއެކު ދިޔާނާ ފުލުހަށް ހެކި ހުށައަޅުއްވާފައިވާއިރު، އަލީމް ކުރެއްވި ޓްވީޓެއްގައި ވަނީ “ދޮގު ބަޔާނާއެކު ހެކި އުފައްދަން އިނގޭ މީހުން” ކަމަށް ވިދާޅުވެ ދިޔާނާ އަށް ރައްދު ދެއްވާފައެވެ.

އަލީމްގެ އެ ޓްވީޓަށް ރައްދު ދެއްވަމުން ދިޔާނާ ވިދާޅުވީ ހެކި އުފެއްދުމަކީ ޖިނާއީ ކުށެއް ކަމަށާއި ދެވަނަ ދުވަހަކު އަލީމް އޭނާ އަށް ނިސްބަތްކޮށް ދޮގު ބަޔާންދީ ހެކި އުފައްދާ ކަމަށް ވިދާޅުވެއްޖެނަމަ އަބުރުގެ ދައުވާ ކުރައްވާނެ ކަމަށެވެ.

“ތިޔަ ސަކަރާތް އަޅުގަނޑަކާ ނުޖެހޭނެ” ދިޔާނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: