ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރޭގެ މާރާމާރީއާ ގުޅިގެން ފަސް މީހަކު ހައްޔަރުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގެ އެކި ސަރަހައްދުތަކުގައި ރޭ ހިނގި ގްރޫޕް މާރާމާރީތަކާއި ގުޅިގެން ފަސް މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ ރޭ މާލޭގެ ހަތަރު ސަރަައްދެއްގައި ހިނގި ގްރޫޕް މާރާމާރީގެ ތަހްގީގަށް ފަސް މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ރޭގެ ފުރަތަމަ މާރާމާރީ ހިނގާފައިވަނީ ކިންގު ސަލްމާން މިސްކިތް ކައިރީ އޮންނަ ފުޓްސަލް ދަނޑު ކައިރީގައެވެ. އޭގެ ފަހުން ރޭ 9:15 ހާއިރު އަސަރީ ހިނގުމުގައި ހިނގި މާރާމާރީއެއްގައި ޒުވާނެއްގެ ކަރަށް ވަނީ ތޫނު އެއްްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައެވެ. މި މާރާމާރީގައި އަނިޔާވި 36 އަހަރުގެ ޒުވާނަކަށް އައިޖީއެމްއެޗްގައި އަދިވެސް ދަނީ ފަރުވާ ދެމުންނެވެ.

ފުލުހުން ބުނީ ރޭގެ ތިންވަނަ މާރާމާރީ ހިންގާފައިވަނީ ރޭ 11:30 ހާއިރު ވިލިމާލޭ ފެރީ ކައިރީގައި ކަމަށެވެ. މިމާރާމާރީގައި ތިން މީހަކަށް އަނިޔާވެފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މީގެ އިތުރުން ރޭ 1:32 ހާއިރު ގ. މުތީ ގޯޅި ތެރޭގައިވެސް ވަނީ މީހަކަށް ހަމަލާދީ ޒަހަމްކޮށްލާފައެވެ.

ރޭގެ މާރާމާރީގައި އަނިޔާވި މީހުންގެ ތެރެއިން އެކެއްގެ ހާލު ސީރިއަސްވެ ފަރުވާ ދެމުން އަންނަނީ އައިޖީއެމްއެޗްގެ އައިސީޔޫގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: