ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިފައިންނަށް ފްރަންޓްލައިން އެލަވެންސް ދޭން ފަށަނީ

ފްރަންޓްލައިނުގައި މަސައްކަތް ކުރަމުންދާ ސިފައިން: މިހާތަނަށް 40 މީހަކަށް ބަލި ޖެހިފައި
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 ގައި ފްރަންޓްލައިންގައި މަސައްކަތްކުރި ސިފައިންނަށް ފްރަންޓްލައިން އެލަވެންސް ދޭންފަށައިފިއެވެ.

ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ސިފައިންގެ ހަފްތާ މަޖައްލާ “އައްޑަނަ” އަށް ދެއްވި ޚާއްސަ އިންޓަވިއުގައި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން މިހާރު ވަނީ، ކޮވިޑް-19 އާ ދެކޮޅަށް ފްރަންޓްލައިންގަައި މަސައްކަތްކުރާ ސިފައިންނަށް އެލަވަންސް ފައިސާ ހަމަޖައްސަވައިދެއްވާފައިކަމަށެވެ.

އަދި ފައިސާއާ ބެހޭ ކަންކަމާމެދު ގޮތެއް ނިންމުމަށް، އޮންނަ އުޞޫލުގެ ތެރެއިން، ސިފައިންގެ ލަފާދޭ މަޖިލީހަށް ހުށަހެޅުމުން، އެމަޖިލީހުން ވަނީ، އެކަމަށް ޚާއްޞަ ކޮމިޓީއެއް އެކުލަވާލައްވާފައިކަމަށް ވެސް ވިދާޅުވިއެވެ.

މިނިސްޓަރު މާރިޔާ ވިދާޅުވީ، މިކޮމިޓީއަށް ލަފަޔަށް އެދުމުން ސިފައިންގެ ޚިޔާލާއި މަޝްވަރާ ހިމެނޭހެން، މުޅި އަސްކަރިއްޔާއަށް އެންމެ ފައިދާހުރި ގޮތަށް އަދި ހުރިހާ ސިފައިންގެ މަސްލަހަތަށް ވިސްނަވައިގެން، އިންސާފުވެރިކަމާއެކު، ދެފުށްފެންނަ ގޮތެއްގައި، އެލަވަންސް ފައިސާއާ ގުޅޭ އެންމެހާ ކަންކަން ކުރިއަށްގެންދިއުމށް ނިންމާފައިވާކަމަށެވެ.

މިނިސްޓަރު މާރިޔާ “ފަރސްޓް ރެސްޕޮންޑަރސް” ގެ ގޮތުގައި، “ފްރަންޓްލައިން” ގައި ހުޝިޔާރުކަމާއެކު، ސިފައިން ކުރާ މަސައްކަތް އެންމެން ބަލައިގަންނަނީ ނުހަނު އުފަލާއި ޝުކުރާ އެކީގައިކަމަށްވެސް ވިދާޅުވެފައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: