ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުޝާމް، އިދިކޮޅަށް: ދޮގު ވާހަކަ ނުފަތުރާ ވެކްސިން ޖަހަން ބޭނުންނުވާނަމަ ނުޖަހާ!

ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް— ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ވެކްސިންއާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުން ފަތުރަމުން އަންނަ ވާހަކަތަކަށް ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާން ރައްދުދެއްވައިފިއެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް ގެނެސްފައިވާ ވެކްސިން ޖެހުމުގެ މަސައްކަތް އިއްޔެ ފަށާފައިވާއިރު، އިއްޔެ ވަނީ ސަރުކާރުގެ އިސްފަރާތްތަކާއި ސިއްހީ ހިދުމަތްތެރިންގެ އިތުރުން އެކި ދާއިރާތަކުގެ ފަރާތްތަކުން ވެކްސިން ޖަހާފައެވެ. އެހެންނަމަވެސް އިދިކޮޅު ޕީޕީއެމްއަށް ނިސްބަތްވާ ފަރާތްތަކުން ސޯޝަލްމީޑިއާގައި އަންނަނީ ވެކްސިނާއި ގުޅުވާ ސުވާލު އުފައްދާ އެކި ގޮތްގޮތަށް ވާހަކަ ދައްކަމުންނެވެ.

މިކަމާ ގުޅިގެން އުޝާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވެކްސިންއާ ގުޅޭގޮތުން ސާބިތުނުހިފޭ ދޮގުވާހަކަތައް ފަތުރައި ރައްޔިތުންގެ ހިތުގައި ޝައްކާއި ބިރުވެރިކަން ފެތުރުން ހުއްޓާލަން ޖެހޭ ކަމަށާއި ކޮންމެ ކަމަކީ ސިޔާސީ ކަމަކަށް ހަދާކަށް ނުޖެހޭ ކަމަށެވެ.

“މިއީ ދެން ކިހާ ދެރަކަމެއް. ވެކްސިން ޖަހަން ބޭނުންނުވާނަމަ ނުޖެހީމަ ރަގަޅުވާނެ.” އުޝާމް ވިދާޅުވިއެވެ.

ބްރޯޑްކޮމް އިން ރޭ ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގައި ކޮވިޑް-19 ވެކްސިން ޖަހަން ފެށުމާ ގުޅިގެން، އެކަމާ ގުޅޭ މަޢުލޫމާތު ބްރޯޑްކާސްޓްކުރުމުގައި ޢާންމުންގެ މެދުގައި ހާސްކަމާއި ނުތަނަވަސްކަން އުފެދޭ ގޮތަށް ސާބިތު ނުހިފޭ މަޢުލޫމާތު ގެނެސްދިނުމުން އެއްކިބާވުމަށާއި، މިކަމާ ގުޅޭ އެންމެހައި ކޮންޓެންޓް ގެނެސްދިނުމުގައި ޒިންމާދާރު ނޫސްވެރިކަން ކުރިއަށް ނެރުމަށް އިލްތިމާސްކުރާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: