ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެމްކޯގެ ވޭސް ޓްރާންސްފާ ސްޓޭޝަންތައް ހުޅުވާފައި ހުންނަ ގަޑިތަކަށް ބަދަލު ގެނެސްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)ގެ ވޭސްޓްޓްރާންސްފާ ސްޓޭޝަންތައް ހުޅުވާފައި ހުންނަ ގަޑިތަކަށްބަދަލު ގެނެސްފިއެވެ.

މި ބަދަލާއެކު ތިލަފުއްޓާއި މާލެއާއި ވިލިމާލެއާއިހުޅުމާލޭގެ ސްޓޭޝަންތައް ހުކުރު ދުވަސް ފިޔަވައިއެހެން ހުރިހާ ދުވަހަކު ހުޅުވާފައި ހުންނާނީ ހެނދުނު 8:30 އިން ރޭގަނޑު 8:00 އަށެވެ. އަދި ހުކުރު ދުވަހުހުޅުވާފައި ހުންނާނީ ހެނދުނު 8:30 އިން މެންދުރު 11:00އަށް އަދި މެންދުރު 2:00 އިން ރޭގަނޑު 8:00 އަށެވެ.

މީގެ އިތުރުން އެ ކުންފުނީގެ ކޯލް ސެންޓަރުތައްހުޅުވާފައި ހުންނަ ގަޑިވެސް ހެނދުނު 9:00 އިން ރޭގަނޑު 8:00 އަށް ވަނީ ބަދަލުކޮށްފައެވެ.

ވެމްކޯއިން ބުނީ މި ބަދަލަކީ ކޮވިޑް ހަލުވިކަމާއެކުފެތުރެމުންދާތީ އެ ކުންފުނީގެ މުވައްޒަފުންގެރައްކާތެރިކަމަށް ގެނައި ބަދަލެއް ކަމަށެވެ. އެހެންކަމުންހިދުމަތް ހޯދާމީހުންވެސް ރައްކާތެރިކަމުގެ ފިޔަވަޅުއެޅުމަށް އެ ކުންފުނިން ވަނީ އިލްތިމާސްކޮށްފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: