ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިނިސްޓަރު މާރިޔާ އިންޑިއާއަށް

ޝެއާރކޮށްލާ ކަހަލަދޯ؟

ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އެ ގައުމަށް ވަޑައިގެންފި އެވެ.

އިންޑިއާގެ ދައުވަތަކަށް މާރިޔާ އިއްޔެ އިންޑިއާއަށް ފެއްޓެވި މި ދަތުރުފުޅަކީ އިންޑިއާގެ ބެންގަލޫރުގައި ކުރިއަށްދާ “އޭރޯ އިންޑިއާ 2021 ޑިފެންސް އެއާޝޯ އެންޑް ޑިފެންްސް އެގްޒިބިޝަން” އާއި “އިންޑިއަން އޯޝަން ރީޖަން ޑިފެންސް މިނިސްޓާސް ކޮންކްލޭވް” ގައި ބައިވެރިވެ ވަޑައިގެންނެވުމަށް ކުރައްވާ ދަތުރުފުޅެކެވެ.

މި ދަތުރުފުޅަށް ދައުވަތު ދެއްވީ އިންޑިއާގެ ޑިފެންސް މިނިސްޓަރު ރާޖުނާތު ސިންގެވެ.

މާރިޔާ ބައިވެރިވެވަޑައިގަންނަވާ ޑިފެންސް އެގްޒިބިޝަން މި މަހުގެ ހަތްވަނަ ދުވަހަށް ކުރިއަށްދާއިރު، މިނިސްޓަރުންގެ މީޓިން އޮންނާނީ މާދަމާ އެވެ.

އެކަމަނާގެ އަރިހު މިދަތުރުފުޅުގައި، ޗީފް އޮފް ޑީފެންސް ފޯސް މޭޖާ ޖެނެރަލް ޢަބްދުﷲ ޝަމާލް ބައިވެރިވެވަޑައިގަންނަވަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: