ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވަގަށް ނަގާފައިވާ 59،000 ރުފިޔާ ހޯދައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ވަގަށްނަގާފައިވާ 59،000 އަށްވުރެއް ގިނަ ރުފިޔާ ފުލުހުން ހޯދައިފިއެވެ.

ފުލުހުން ބުނެފައިވަނީ އެ ފައިސާ ހޯދައިފައިވަނީ ތިލަފުށި ސައިޓެއްގައި މަސައްކަތްކުރާ މުވައްޒަފުން ދިރިއުޅޭތަނަކުން ބިދޭސީ މުވައްޒަފެއްގެ 59500 ރުފިޔާ ވަގަށް ނަގާފައިވާ ކަމަށް، ޖަނަވަރީ 10 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ފުލުހުންކުރި ތަހުގީގުގެ ތެރެއިން ކަމަށެވެ.

ފުލުހުން ބުނެފައިވަނީ ތަހުގީގުގެ ތެރެއިން، އެކަމާގުޅިގެން ތުހުމަތު ކުރެވޭ މީހުންނާއި އެމީހުން ދާނެ ކަމަށް ބެލެވޭ ތަންތަން ދެނެގަތުމަށް ސީސީޓީވީ ފުޓޭޖުތައް ބަލާފައިވާކަމަށެވެ. އެގޮތުން ބެލި ބެލުމުގެ ތެރެއިން ބައެއް ފައިސާ ފެނިފައިވަނީ ތިލަފުށި ސައިޓެއްގައިހުރި ޖަމްބޯ ބޭގެއްގެ ތެރެއިން ކަމަށާއި، ބާކީ ފައިސާ ހޯދާފައިވަނީ ބަނގްލަދޭޝްގައި ހުރި މީހެއްގެ އެކައުންޓަށް ޓްރާންސްފާ ކޮށްފައި ހުއްޓައި ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުން ބުނެފައިވަނީ މި މައްސަލަ އެއިދާރާއިން އިތުރަށް ތަހުގީގުކުރަމުން އަންނަކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: