ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިސޯޓު މުވައްޒަފުންނަށް މާދަމާ ވެކްސިން ދޭން ފަށާނެ: މައުސޫމް

ޓުއަރިޒަމް މިނިސްޓަރ މައުސޫމް-- ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ ފަރާތްތަކަށް މާދަމާ ކޮވިޑް ވެކްސިން ދޭން ފަށާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މައުސޫމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ފެބްރުއަރީ 4 ވަނަ ދުވަހު ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކަށް ކޮވިޑް-19 އިން ރައްކާތެރިވުމަށް ދޭ ވެކްސިން ދޭންފަށާނެކަމަށެވެ. މިނިސްޓަރު މައުސޫމް ވަނީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ވެކްސިން ދިނުން އަވަސް ކުރެއްވީތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ޝުކުރު އަދާކުރައްވާފައެވެ.

މައުސޫމް ވިދާޅުވީ ދުނިޔޭގައި ދަތުރުކުރުމަށް އެންމެ ރައްކާތެރި މަންޒިލަށް ރާއްޖެވާނެ ކަމަށެވެ.

ރާއްޖޭގައި ކޮވިޑު ވެކްސިން ދިނުމަށް ރަސްމީކޮށް ފަށާފައިވަނީ ފެބްރުއަރީ 1 ވަނަ ދުވަހުއެވެ. ފާއިތުވި ދެ ދަވަހު ރާއްޖެއިން 880 މީހަކަށް ވަނީ ކޮވިޑު ވެކްސިން ދީފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: