ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަރު ކޮމިޝަނުގެ ރައީސަކަށް ފަރީޝާ އައްޔަނު ކުރައްވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފައްދަވާފައިވާ ރިޔާސީ ކޮމިޝަންގެ ރައީސް ކަމަށް ފަރީޝާ އަބްދުﷲ އައްޔަންކުރައްވައިފިއެވެ.

ފަރީޝާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ ގަރާރަކުންނެވެ.

މަރު ކޮމިޝަންގެ ރައީސްގެ މަގާމު ހުސްވެފައިވަނީ އެ މަގާމުގައި ހުންނެވި ހުސްނުއްސުއޫދު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރުމާ ގުޅިގެންނެވެ.

މި ކޮމިޝަންގައި މިހާރު ތިއްބެވީ ފަރީޝާގެ އިތުރުން މއ. ގޯލްޑަންމޫން، އަހުމަދު ނާޝިދު އަދި ގދ. ރަތަފަންދޫ، ބަހާރީވިލާ، މިސްބާހު އައްބާސްއެވެ.

މަރު ކޮމިޝަނުން ވަނީ ގިނަބަޔަކު އެ މަރުތަކުގެ ހަގީގަތް އެނގެން ބޭނުންވި މަރުތަކުގެ ތަހުގީގުތައް ކޮށް ނިންމާފައެވެ. އެއީ ކުރީގެ އުނގޫފާރު ދާއިރާގެ މެންބަރު އަދި ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލައާ ނޫސްވެރިޔާ އަހްމަދު ރިލްވާންގެ އިތުރުން ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: