ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުރިހާ ދިވެހިންނާ ބިދޭސީންނަށް ހިލޭ ވެކްސިން ދޭނަން: ރައީސް

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ހުރިހާ ދިވެހިންނާ ބިދޭސީންނަށް ހިލޭ ވެކްސިން ދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސާލިހު މިހެން ވިދާޅުވީ، މިއަދު ރައްޔިތުންގެ މަޖިލީހުގައި 2021 ވަނަ އަހަރުގެ ފުރަތަމަ ދައުރު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރިޔާސީ ބަޔާން އިއްވަމުންނެވެ.

ރައީސް ވިދާޅުވީ ދުނިޔޭގެ އެކި ގައުމުތަކުގައި ކޮވިޑް19 ފެތުރެން ފެށުމާއެކު، ސަރުކާރުގެ އެންމެ އިސް ސިޔާސަތަކަށް ހެދީ، އެންމެހާ ދިވެހިންނާއި ރާއްޖޭގައި އުޅޭ އެންމެން ބަލިން ރައްކާތެރިކުރުން ކަމަށެވެ.

އެގޮތުން ކުރިއަރާފައިވާ ގައުމުތަކުން، ކޮވިޑް19 އަށް ވެކްސިނެއް އުފެއްދުމުގެ މަސައްކަތް ފެށުމާއެކު، ރާއްޖެއަށް ބޭނުންވާ ވަރަށް ވެކްސިން ހޯދުމުގެ މަސައްކަތް ސަރުކާރުން ފެށި ކަމަށެވެ.

އެ މަސައްކަތުން މިހާރު ރާއްޖެއަށް ބޭނުންވާ ވަރަށް ވެކްސިން ލިބޭނެކަން ކަށަވަރު ކުރެވިފައިވާ ކަމަށާއި، ހުރިހާ ދިވެހިންނަށާއި، ރާއްޖޭގައި ދިރިއުޅޭ އެންމެނަށް މުޅިން ހިލޭ ކޮވިޑް ވެކްސިން ޖަހައިދެއްވާނެކަމުގެ ޔަގީންކަން ތަކުރާރުކޮށް ދެއްވި އެވެ.

ރައީށް ވިދާޅުވީ ކޮވިޑްގެ ދަތިތަކަށް ފަހު، ވިޔަފާރިތައް އަލުން ހިނގައިގަނެ، ސްކޫލް މަދަރުސާތަކުގެ ކިޔެވުން ދާއިމީ ގޮތެއްގައި ފެށޭނީ، އަދި އާންމު އުސޫލުން ދަތުރުފަތުރުތައް ފެށޭނީވެސް، ރާއްޖޭގެ ވީހާ ގިނަ ބަޔަކު، ވެކްސިން ޖަހައި، ބައްޔާ ދެކޮޅަށް ރައްކާތެރިކަން ހޯދައިގެން ކަމަށެވެ.

ބުދަ ދުވަހު ރާއްޖޭގެ ހުރިހާ ސިއްހީ ހިދުމަތްދޭ ތަންތަނަކަށް ވަނީ ވެކްސިން ފޮނުވާފައެވެ. އަދި މިހާތަނަށް 1500 އަށްވުރެ ގިނަ މީހުންނަށް ދިވެހިރާއްޖެއިން ވަނީ ވެކްސިން ޖަހާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: