ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެއިން ފުރަތަމަ ފަހަރަށް ފަލަސްޠީނަށް “ނޮން-ރެސިޑެންޓް” ސަފީރެއް އައްޔަންކުރަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއިން ފުރަތަމަ ފަހަރަށް ފަލަސްތީނަށް “ނޮން-ރެސިޑެންޓް” ސަފީރެއް މި އަހަރުގެ ތެރޭގައި އައްޔަންކުރުމަށް ނިންމާފައިވާކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ސޯލިހް ވިދާޅުވީ، ޚާރިޖީ ދާއިރާއިން ރާއްޖޭގެ އެންމެ އިސް ސިޔާސަތަކީ، ދިވެހިރާއްޖެއާއި ދިވެހީންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއެކު، ކޮންމެ ކަމެއްގައިވެސް ރާއްޖޭގެ އެންމެ މަތީ މަސްލަހަތު ހިމާޔަތްކުރުން ކަމަށެވެ. އަދި އިންސާނީ ހައްޤުތައް ހިމާޔަތްކޮށް، ޑިމޮކްރަސީގެ ހަމަތައް ނަގަހައްޓައި، ތިމާވެއްޓަށް އަންނަ ބަދަލުތަކުން ރާއްޖެ ރައްކާތެރިކުރުމަކީވެސް ރާއްޖޭގެ ޚާރިޖީ ގުޅުންތައް އެމައްޗަށް ބިނާވެފައިވާ ވަރަށް މުހިންމު އަސާސެއް ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

ރައީސް ސޯލިހް ވިދާޅުވީ، ރާއްޖޭގެ ހާރިޖީ ގުޅުންތައް އިތުރަށް ވަރުގަދަކުރުމުގެ ގޮތުން، އިތުރު ގައުމުތަކަށް “ނޮން-ރެސިޑެންޓް” ސަފީރުން ކަނޑައެޅުމަށް އަންނަނީ މަސައްކަތްކުރަމުން ކަމަށާއި، އެގޮތުން ފުރަތަމަ ފަހަރަށް ފަލަސްތީނަށް “ނޮން-ރެސިޑެންޓް” ސަފީރެއް މި އަހަރުގެ ތެރޭގައި އައްޔަންކުރުމަށް ގަސްދުކުރާ ކަމަށެވެ.

ޚާރިޖީ ދާއިރާއިން މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ، އެކި ޤައުމުތަކާއި ރާއްޖެއާ ދެމެދު ހީނަރުވެފައި އޮތް ގުޅުންތައް އަލުން އިޔާދަކޮށް ބަދަހިކޮށް އާލާކުރުމަށްކަން ފާހަގަކޮށް ރައީސް ސޯލިހް ވިދާޅުވީ، ކޮވިޑް-19 ގެ ދަތިކަމުގައިވެސް، ރަހުމަތްތެރި ޤައުމުތަކުންނާއި ބައިނަލްއަޤްވާމީ ޖަމާއަތްތަކުން ފޯރުކޮށްދިން ދީލަތި އެހީތެރިކަމަކީ ޚާރިޖީ ގުޅުން މިހާރު ބަދަހިވެފައިވާ މިންވަރު ދައްކުވައިދޭ އަލިގަދަ ހެއްކެއް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: