ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑްގެ ހާލަތުން އަރަގަތުމުގެ ގާބިލްކަމެއް މި ސަރުކާރުގެ ނެތް: ސަލީމް

އޭދަފުށީ ދާއިރާގެ މެމްބަރު ރެޑްވޭވް އަހުމަދު ސަލީމް: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19އާ ގުޅިގެން ރާއްޖެއަށް ދިމާވި އިގްތިސާދީ ހާލަތުން އަރަގަތުމުގެ ގާބިލްކަމެއް މި ސަރުކާރުގެ ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި އޭދަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.

މިއަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުވައި ދެއްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްވެވި ރިޔާސީ ބަޔާނުގައި ވިދާޅުވީ ކޮވިޑްގެ ސަބަބުން، ނިސްބަތުން އިގްތިސޯދީ އެންމެ ބޮޑު ގެއްލުމެއް ލިބުނު އެއް ގައުމަކީ ރާއްޖެ ކަމަށާއި ގައުމުގެ އިގްތިސޯދު އޮތީ ވަރަށް ފުން ވަޅުގަނޑެއްގެ ތެރޭގައިކަމަށެވެ

ރައީސް ވިދާޅުވީ ކޮވިޑާ ދެކޮޅަށް މިހާރު ކުރަމުން އަންނަ މަސައްކަތްތަކުގެ ދުވެއްޔަށް ބަލާއިރު، އިގްތިސޯދު އަލުން އާރާސްތުކުރުމަށް، އެއް އަހަރާއި ދެ އަހަރާ ދެމެދުގެ މުއްދަތެއް ނަގާނެ ކަމަށް ބެލެވޭ ކަމަށެވެ.

ސަންގު ޓީވީގެ “ހަބަރަށްފަހު” ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން ރައީސްގެ ވާހަކަތައް ރައްދު ދެއްވަމުން ސަލީމް ވިދާޅުވީ ދެ އަހަރު ނިމެންދާ އިރުވެސް ކޮވިޑްގެ މި ހާލަތުން އަރައިގަތުމުގެ ގާބިލްކަމެއް މި ސަރުކާރުގެ ނެތް ކަމަށާއި އެކަން ކުރެވޭނީ ރައީސް ސޯލިހުއަށްވުރެ ގާބިލް ވެރިއަކަށް ކަމަށެވެ.

“ހަގީގަތުގައި މި ސަރުކާރުގެ ނެތް ގާބިލްކަމެއް. އެއް އަހަރު ކީއްކުރަންތޯ ދެ އަހަރު ނުވަތަ ތިން އަހަރު ތެރޭގައި ވެސް ކޮވިޑުން އަރައިގަތުމުގެ ގާބިލްކަމެއް މިހާރު މިތިބި ވެރިންގެ ގަޔަކު ނެތް. ނަމަވެސް ރަނގަޅު ބަޔަކު ތިބިއްޔާ މި އަހަރު ތެރޭގައި އިރާދަކުރެއްވިއްޔާ ރާއްޖެ ހަމަ މަގަށް އަޅުވާލެވޭނެ.” ސަލީމް ވިދާޅުވިއެވެ.

ސަލީމް އިތުރަށް ވިދާޅުވީ މިހާރު ވެކްސިނާ އެކު ކޮވިޑުން އަރައިގަނެވޭނެ ކަމަށާއި ނަމަވެސް މި ސަރުކާރަށް އެކަމެއް ނުވާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: