ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާ އާއި ޗައިނާ އިން ރާއްޖެއަށް އެހީ ވަނީ ވާދައަކަށް ނޫން: ޝާހިދު

ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާ އާއި ޗައިނާ އިން ރާއްޖެއަށް އެހީވަނީ ވާދައަށް ނޫން ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ބުރާސްފަތި ދުވަހު ކުރިއަށް ގެންދިޔަ ރިޔާސީ ބަޔާނުގެ ކަވަރޭޖްއަށް މިނިސްޓަރު ޝާހިދު ދެއްވި ހާއްސަ އިންޓަވިއުއެއްގައި  ވިދާޅުވީ، އެހެން ގައުމުތަކަށް ވުރެ ބޮޑަށް ސަރުކާރުން އިންޑިއާގެ މަސްލަހަތަށް އިސްކަންދޭ ކަމަށް ބުނާ ދައްކަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ.

އެގޮތުން ޝާހިދު ވިދާޅުވީ އިންޑިއާ އިން ރާއްޖެ އަށް ކޮވިޑް-19 ގެ ވެކްސިން ހަދިޔާކުރުމުން ޗައިނާ އިން ރާއްޖެ އަށް ވެކްސިން ނުދިން ކަމަށާއި އެގޮތަށް ނިންމީ މި ސަރުކާރުން ޗައިނާއާއެކު ބާއްވާ ގުޅުން ގޯސްވުމުން ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ވާހަކަދައްކަމުންދިޔަ ކަމަށެވެ.

އެކަމަކު ޗައިނާއިން ހަމަ އިންޑިއާ އިން ދިން އަދަަަދަށް ވެކްސިންގެ ޑޯޒް ދޭން ނިންމާފައިވާކަން ހާމަކުރަައްވަމުން ޝާހިދު ވަނީ ޑިޕްލެމެޓިކް ދާއިރާގެ ކަންތައް ހިނގާއިރު ވަގުތުވެސް ނަގާނެ ކަމަށާއި އަދި ކަންކަން ހަމަޖެހިގެންދާ އުސޫލުތަކެއް އޮންނާނެ ކަމަށް ވިދާޅުވެފައެވެ.

“އެއް ގައުމަކުން ދޭއިރު، ހަމަ އެދަނޑިވަޅުގައި، ވެކްސިން ވިއަސް އެހެން ކަމަކަށް ވިއަސް، ހަމަ ތަބަކަށް ލައިގެން އައިސް، ހަމަ އެކަކު ވަނީ، އަނެކަކު ވަނީ، އެހެން ހިނގާ ކަންތައްތަކެއް ނޫން. މިއިން އެއްވެސް ގައުމެއް އަނެއް ގައުމަކާ ވާދައަކަށް ނޫން ދިވެހިރާއްޖެއަށް އެހީތެރިވެދެނީ ދިވެހިރާއްޖޭގެ ރައްޔިތުންނަށް.” ޝާހިދު ވިދާޅުވިއެވެ.

މިފަދައިން ކަން ހިނގަމުން އަންނައިރު، ސިޔާސީ، ވަގުތީ މަންފާއެއް ހޯދުމަށް ވަކި ގައުމަކާ ދިމާއަށް އެއްޗެހި ގޮވާ ހެދުމަކީ ރަނގަޅުކަމެއް ނޫން ކަމަށާއި އެއީ ތަހުޒީބީ ކަމެއްނޫން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ އިންޑިއާ އާއި ޗައިނާ އިން ރާއްޖެ އަށް އެހީވަނީ ދިވެހި ރައްޔިތުން ދެކެ ވާ ލޯބިން ކަމަށާއި އެހެންކަމުން އެ ލޯބި އަނބުރާ އެ ގައުމުތަކަށް ވެސް ދޭންޖެހޭނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: