ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތިނަދޫގެ މޮނީޓަރިން ހާލަތު އުވާލައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 ގެ ކޭސްތަކެއް ފެނުމާ ގުޅިގެން މޮނީޓަރިން ހާލަތަށް ގެނައި ގދ. ތިނަދޫ އާންމު ހާލަތަށް ގެނެސްފިއެވެ.

އެޗްޕީއޭ އިން މިއަދު ބުނީ އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ 12 ވަނަ މާއްދާގެ ދަށުން ބަލަން ކަނޑައެޅުނު ކަންކަން ބެލުމުން، މޮނީޓަރިންގެ ހާލަތު އިތުރަށް ދަމަހައްޓަންޖެހޭ ސަބަބެއް މިވަގުތު ނެތް ކަމަށެވެ.

އެހެންކަމުން މޮނީޓަރިންގެ ހާލަތާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް ވެސް މިހާރު ނިމުމަކަށް އަންނާނެ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

ތިނަދޫ މޮނީޓަރިން ހާލަތަށް ގެނެސްފައިވަނީ ހާއްސަ ހުއްދައިގެ ދަށުން ތިނަދޫ އަށް ދިޔަ ބަޔަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ. އެ ކޭސްއާ ގުޅިގެން ތިނަދޫ އިން ނެގި އިތުރު ސާމްޕަލްތައް ވަނީ ނެގެޓިވް ވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: