ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކާޕެޓް ރޯލް ވެއްޓުނު މައްސަލާގައި އެމްޕީއެލްގެ މުވައްޒަފުންތަކެއް ސަސްޕެންޑުކޮށްފި

އެމްޕީއެލް ވިޔަފާރި ބަނދަރު
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭ ވިޔަފާރި ބަނދަރުގައި ކާޕެޓު ރޯލެއް ދޯންޏަކަށް އަރުވަން އުޅުމުގެ ތެރޭގައި މީހަކަށް ސީރިއަސް އަނިޔާވި މައްސަލަ އާއި ގުޅިގެން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ މުވައްޒަފުންތަކެއް ސަސްޕެންޑުކޮށްފިއެވެ.

އެމްޕީއެލްއިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ މާލެ ވިޔަފާރި ބަނދަރުގައި ހިނގި ހާދިސާ ތަހްގީގު ކުރުމުގެ މަސައްކަތް އެކުންފުނީގެ އެކްސިޑެންޓު އިންވެސްޓިގޭޝަން ކޮމެޓީން ފަށާފައިވާ ކަމަށެވެ.

އަދި ހާދިސާގެ ތަހްގީގު ވަކިގޮތެއް ކަނޑައަޅަން ދެން އެމްޕީއެލްގެ މުދާ ކްލިއާ ކުރާ “މިނާ އިންވެސްޓުމަންޓު ގްރޫޕާއި” ހާދިސާ އާއި ގުޅުން ހުރި އޮޕަރޭޝަންސްގައި މަސައްކަތް ކުރަމުން ދިޔަ އެމްޕީއެލްގެ މުވައްޒަފުން ސަސްޕެންޑު ކުރުމަށް ނިންމާފައިވާ ކަމަށެވެ.

އެމްޕީއެލްއިން ބުނީ މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި ޒިއްމާވާން ޖެހޭ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެކަމަށެވެ.

އަދި މާލެ ވިޔަފާރި ބަނދަރުގެ ސަލާމަތާއި ރައްކާތެރިކަން ހަރުދަނާ ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އެމްޕީއެލްގެ ބަޔާނުގައި ވެއެވެ.

ރޭ ދަންވަރު 2:15 ހާއިރު އެމްޕީއެލްގައި ހިނގި ހާދިސާގައި އުމުރުން 28 އަހަރުގެ ދިވެހި ފިރިހެނެއްގެ ގައިމައްޗަށް ކާޕެޓް ރޯލެއް ވެއްޓި އޭނާއަށް ދަނީ އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދެމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: