ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްޑޫ ކޮވިޑު ކްލަސްޓާ: އެއާޕޯޓު ޓްރެއިނިންއަކަށް މާލެއިން ޓީމެއް ދިޔައީ މި ހަފްތާ ކުރީކޮޅު!

ކޮވިޑުގެ ރެންޑަމް ސާމްޕަލްތައް ނެގުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫ ސިޓީ ހިތަދޫން ބަޔަކު ކޮވިޑު-19 އަށް ޕޮޒިޓިވްވީ މާލެއިން ހާއްސަ ހުއްދައިގެ ދަށުން މި ހަފްތާގައި ޓްރެއިނިން ދިނުމަށް އައި ބައެއްގެ ފަރާތުން ކަމަށް ބެލެވޭކަމަށް އައްޑޫ ސިޓީގެ މޭޔަރ އަބްދުﷲ ސޯދިގު (ސޯބެ) ވިދާޅުވެއްޖެއެވެ.

މި ކޭސްއާއި ގުޅިގެން މުޅި އައްޑޫ ސިޓީ ވަނީ، ކޮންޓެކްޓު ޓްރޭސިންއަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ.

ކްލަސްޓާއާއި ގުޅުން ހުރި އިތުރު މީހަކު ބައްޔަށް ޕޮޒިޓިވެފައިވާތީ، އެކަމާއި ގުޅޭ މައުލޫމާތު ސާފު ކުުރުމަށް “ސަންގު” އިން ގުޅާލުމުން ސޯބެ ވިދާޅުވީ މިއަދު ކޮވިޑަށް ޕޮޒިޓިވްވި ދެ މީހުންނަކީ މާލެއިން ޓީމެއް އައިސް ހިންގި އޭވިއޭޝަންގެ ކޮމާންޑުގެ ޓްރެއިނިންގައި ބައިވެރިވި ބައެއް ކަމަށެވެ. އަދި ތިން ވަނައަށް ޕޮޒިޓިވްވީ ވެސް އެ ޕްރޮގްރާމުގެ ބައިވެރިއެއްކަމަށް ސޯބެ ވިދާޅުވިއެވެ.

“ބޮޑަށް ބެލެވެނީ އެ ޓްރެއިނިންއަށް އައި މީހުންގެ ފަރާތުންހެން ބަލި ފެތުރުނީ” ސޯބެ

ސޯބެ ވިދާޅުވީ މާލެއިން ބަޔަކު އައިސް ހިންގި އެ ޕްރޮގްރާމުގައި އެއާޕޯޓުގައި މަސައްކަތް ކުރާ ގިނަ މުވައްޒަފުން ބައިވެރިވި ކަމަށެވެ. އަދި އެ އެންމެންގެ ވެސް ކޮންޓެކްޓު ޓްރޭސިން ހަދައި، އެއްވެސް މީހެއްގެ ފަރާތުން ބަލީގެ އަލާމާތެއް ފާހަގަކުރެވިފައިވޭތޯ ބަލަމުން އަންނަ ކަމަށެވެ.

ސޯބެ ވިދާޅުވީ، އެ ޓްރެއިނިން ޕްރޮގްރާމް ހިންގީ މި މަހުގެ 2،3 ހިސާބުގައި ކަމަށެވެ. އޭގެ ފަހުން ތިން ދުވަސްވެފައިވުމާއި އެކު، ބަލި ފެތުރިފައިވާ މިންވަރު ބުނަން އަދި އުނދަގޫކަމަށް ސޯބެ ވިދާޅުވިއެވެ.

ހާއްސަ ހުއްދައިގެ ދަށުން އައްޑޫއަށް ދިޔަ ބައެއްގެ ފަރާތުން ކޮވިޑު ފެތުރުނުއިރު، އެޗްއީއޯސީއިން ކޮވިޑުގެ ހަބަރުތައް ކަވަރު ކުރާ ނޫސްވެރިންނާއި އެކު ހަދާފައިވާ ވަޓްސްއަޕް ގްރޫޕުގައި އެއީ ކޮން އުސޫލެއްގެ ދަށުން ހުއްދަ ދެވުނު ބައެއްތޯ ސުވާލު ކުރުމުން އެކަމަށް އެޗްޕީއޭއިން އެއްވެސް ޖަވާބެއް ނުދެއެވެ.

ފަހަކަށް އައިސް އެޗްޕީއޭއިން ދޫކުރާ، ހާއްސަ ހުއްދައިގެ ދަށުން ރަށްތަކަށް ދާ މީހުން ކޮވިޑަށް ޕޮޒިޓިވްވުން ވަނީ އިތުރުވެފައެވެ. އެ އުސޫލަށް ބަދަލު ގެނެސްފައިވާކަމަށް ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޗްއީއޯސީއިން ބުނި ނަމަވެސް، ޓްރެއިނިން ޕްރޮގްރާމުތަކާއި، މަޝްރޫއުތައް އިފްތިތާހު ކުުރުމަށް މާލެއިން ރަށްތަކަށް ޓީމުތައް ދަތުރު ކުރެއެވެ.

މިއަދު އައްޑޫއިން ކޮވިޑަށް ޕޮޒިޓިވްވި ދެ މީހުންނަކީ ވެސް، ބަލީގެ އަލާމަތްތަކާއި އެކު ފްލޫ ކްލިނިކަށް ރިޕޯޓު ކުރި ބައެކެވެ.

މީގެ އިތުރުން އައްޑޫ ސިޓީ ހުޅު-މީދޫ އެމްޓީސީސީ ސައިޓުގައި މަސައްކަތް ކުރަމުންދިޔަ 18 ބިދޭސީއަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. އެ ކޭސްތަކާ ގުޅިގެން އެ ރަށަށް ވެސް އޮތީ މޮނީޓަރިން ހާލަތުގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: