ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިސްކިތަށްދާ މީހުން އެޗްޕީއޭގެ އުސޫލުތަކަށް އަމަލުކުރަން އަންގައިފި

ޖަމާއަތުގައި ނަމާދު ނުކުރުން މި މަހުގެ 18 އާއި ހަމައަށް އިތުރުކުރުން
ޝެއާރކޮށްލާ ކަހަލަދޯ؟

މިސްކިތަށް ދާ މީހުން އެޗްޕީއޭގެ އުސޫލުތަކާ އެއްގޮތަށް އަމަލު ކުރުމަށް އިސްލާމިކް މިނިސްޓްރީން އަންގައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިސްކިތަށް އަންނައިރު ގެއިން ވުޟޫކޮށްގެން އައުމާއި، ފުއްޕާމޭގެ މައްސަލަތައް ހުންނަ މީހުންނާއި އުމުރުން ދުވަސްވީ މީހުން މިސްކިތަށް ނައުމަށާއި، ރޯގާގެ އަލާމާތްތައް ހުންނަ މީހުން މިސްކިތަށް ނައުމަށާއި، މިސްކިތަށް އަންނައިރު މުސައްލާ ހިފައިގެން އައުމަށާއި، މިސްކިތައް ވަނުމުގައި އަދި ނިކުތުމުގައި ވެސް ގައިދުރުކަން ބެހެއްޓުމަށާއި، ނަމާދު ނިމުމަށްފަހު މިސްކިތުގައި މަޑުނުކުރުމަށާއި، މިސްކިތުގައިވާ ހަތިމްތައް ބޭނުން ނުކުރުމަށާއި، މިސްކިތުގައި އަދި މިސްކިތުން ބޭރުގައި ވެސް އަތާ އަތް ޖޯޑުކޮށް ސަލާމް ކުރުން ފަދަ ކަންކަން ނުކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

އިސްލާމިކް މިނިސްޓްރީން މިކަމަށް އިލްތިމާސްކޮށްފައިވާއިރު ކޮވިޑް-19 ގެ ހާލަތު އިތުރަށް ގޯސްވަމުންދާތީ މިސްކިތްތަކުގެ އިމާމުން ޢަމަލުކުރަންވީ ގޮތުގެ އިތުރު އިރުޝާދުތައް ދިނުމަށް އިސްލާމިކް މިނިސްޓްރީގެ ފަރާތުން އިމާމުންނާއި މިއަދު ވަނީ ބައްދަލުކޮށްފައެވެ.

މި ބައްދަލުވުމުގައި މިސްކިތްތަކަށް ނަމާދަށް ދާއިރު އެޗް.ޕީ.އޭ ގެ ގައިޑްލައިންތަކާއި އެއްގޮަތަށް ޢަމަލުތައް ބެހެއްޓުމަށް އާއްމުންނަށް އިތުރަށް ނަސޭހަތްތެރިވުމަށް އިމާމުންނަށް މިނިސްޓްރީން ވަނީ އަންގާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: