ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްޑޫ ކޮވިޑު ކްލަސްޓާ: ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު 15 އަށް!

ކޮވިޑުގެ ރެންޑަމް ސާމްޕަލްތައް ނެގުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

މިހާތަނަށް އައްޑޫ ހިތަދޫ ކްލަސްޓާއާއި ގުޅުން ހުރި 15 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާކަމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ބުނެފި އެވެ.

އެޗްއީއޯސީން ބުނީ ކްލަސްޓާގެ 44 ކޮންޓެކްޓެއް އައްޑޫން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އަދި ގދ. ތިނަދޫގައި 25 ކޮންޓެކްޓުން އެބަތިބި ކަމަށެވެ.

އައްޑޫގައި އެންމެ ފުރަތަމަ ކޮވިޑަށް ޕޮޒިޓިވްވި ދެ މީހުންނަކީ މާލެއިން ޓީމެއް އައިސް ހިންގި އޭވިއޭޝަންގެ ކޮމާންޑުގެ ޓްރެއިނިންގައި ބައިވެރިވި ގަން އެއާޕޯޓުގެ މުއައްޒަފުން ތަކެކެވެ.

މާލެއިން ބަޔަކު އައިސް ހިންގި އެ ޕްރޮގްރާމުގައި އެއާޕޯޓުގައި މަސައްކަތް ކުރާ ގިނަ މުވައްޒަފުން ބައިވެރިވި ކަމަށް މައުލޫމާތު ލިބެއެވެ. އަދި އެ އެންމެންގެ ވެސް ކޮންޓެކްޓު ޓްރޭސިން ހަދައި، އެއްވެސް މީހެއްގެ ފަރާތުން ބަލީގެ އަލާމާތެއް ހުރިތޯ ބެލުމުގެ މަސައްކަތް ދަނީ ކުރިޔަށެވެ.

މި ޓްރެއިނިންއަށް ދިޔަ މީހުންގެ ތެރެއިން މިހާތަނަށް 46 މީހެއްގެ ސާމްޕަލް ނަގާފައި ވެއެވެ.

އައްޑޫގައި ބަލި ފެތުރުނު ގޮތާއި ބެހޭ ގޮތުން، ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައި ނުވެއެވެ. މިއީ އޭވިއޭޝަން ކޮމާންޑުގެ ޓްރެއިނިންއަށް މާލެއިން އައި ޓީމުގެ ސަބަބުން ދިމާވި ހާލަތެއްކަމަށް ބެލެވޭކަމަށް މީޑިއާތަކާއި ހިއްސާ ކުރެއްވީ އައްޑޫ ސިޓީ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) އެވެ.

މީޑިއާތަކުން ރިޕޯޓުކުރި ހަބަރާއި ގުޅިގެން އެ އިދާރާއިން ނެރުނު ބަޔާނެއްގައި ބުނީ އޭވިއޭޝަން ކޮމާންޑުގެ ޓްރެއިނިންގ ޔުނިޓްގެ ދެ މުވައްޒަފުން، އައްޑޫގައި ކުރިޔަށް ގެންދިޔަ ޓްރެއިނިންއަށް ގޮސްފައިވަނީ މި މަހުގެ 2 ގައި ކަމަށެވެ. އަދި މުވައްޒަފުން ގޮސްފައިވާނީ، އެޗްޕީއޭގެ ގައިޑްލައިންގައި ލާޒިމްކޮށްފައިވާ ޕީސީއާރްގެ ނެގެޓިވް ނަތީޖާއެކު ކަމަށް އެ ބަޔާނުގައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: