ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝަކުވާ ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޖަވާބު ނުލިބޭ ފަރާތްތަކުން އެންގުމަށް އެދިއްޖެ

ހުޅުމާލެ ފޭސް ދޭއްގައި އަޅާފައިވާ ހިޔާ މަޝްރޫއުގެ ފްލެޓުތައް
ޝެއާރކޮށްލާ ކަހަލަދޯ؟

“ހިޔާ” މަޝްރޫއުގެ ކެޓަގަރީތަކުގެ ވަގުތީ ލިސްޓުތަކާ ގުޅޭގޮތުން ޝަކުވާ ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން  ލިޔުމުން ޖަވާބު ލިބިފައި ނުވާ ފަރާތްތަކުން، އެކަން އެންގުމަށް ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީއިން އެދެފިއެވެ.

ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީން ކުރި އިއުލާނެއްގައި ބުނެފައިވަނީ، ވަގުތީ ލިސްޓުތަކާ ގުޅޭގޮތުން ޝަކުވާ ހުށަހެޅުމަށް ހުޅުވައިލި ފުރުސަތުގައި ހުށަހަޅުއްވާފައިވާ ހުރިހާ ޝަކުވާތަކެއް ދިރާސާކޮށްފައިވާ ކަމަށެވެ.

އަދި، ހުރިހާ ޝަކުވާއެއްގެ ޖަވާބު ލިޔުމުން، ޝަކުވާ ހުށަހެޅި ފަރާތްތަކުން ދީފައިވާ އީމެއިލް އެޑްރެސްއަށް އީމެއިލްކޮށްފައިވާ ކަމަށެވެ. ނަމަވެސް، ބައެއް ފަރާތްތަކުން ދީފައިވާ އީމެއިލް އެޑްރެސްއަށް ފޮނުވާ އީމެއިލް ޑެލިވަރނުވާކަން ކޮމިޓީގެ އިއިލާނުގައި ފާހަގަކޮށްފައިވެއެވެ.

އެހެންކަމުން، ލިޔުމުން ޖަވާބު ލިބިފައިނުވާ ފަރާތްތަކުން، އެ ކަން އެންގެވުމަށް ކޮމިޓީން ވަނީ އެދިފައެވެ. އެގޮތުން އެ ފަރާތެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރާއި އީމެއިލް އެޑްރެސް ޖެއްސެވުމަށްފަހު، 2021 ފެބްރުވަރީ 8 ވާ ހޯމަ ދުވަހުގެ 15:00 ގެ ކުރިން 7761108 ނުވަތަ 7226016 އަށް އެސް.އެމްއެސް. މެދުވެރިކޮށް އެންގުމަށް ފްލެޓް ކޮމިޓީންވަނީ އެދިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: