ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

‏ޙަލާލު ޙަރާމް ކަނޑަ އެޅުމަކީ މަޖިލިސް‬⁩ މެމްބަރަކަށް ލިބިގެންވާ ބާރެއް ނޫން: އިޔާޒް

ޝެއާރކޮށްލާ ކަހަލަދޯ؟

‏ޙަލާލު ޙަރާމް ކަނޑަ އެޅުމަކީ މަޖިލިސް‬⁩ މެމްބަރަކަށް ލިބިގެންވާ ބާރެއް ނޫން ކަމަށް ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު ވިދާޅުވެއްޖެއެވެ.

އިޔާޒު މިހެން ވިދާޅުވީ މިއުޒިކްގެ އަޑު ޖެހުނީމަ އިސްލާމް ދީނަށް ލޯބި ޖެހޭ ގޮތްވާ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވުމާ ގުޅިގެންނެވެ.

އީވާއަށް ރައްދު ދެއްވައި އިޔާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޙަލާލު ޙަރާމް ކަނޑަ އެޅުމަކީ މަޖިލިސް‬⁩ މެމްބަރަކަށް ވެސް ލިބިގެންވާ ބާރެއް ނޫން ކަމަށާއި އެކަން ކަނޑަ އަޅުއްވާނީ ﷲ އާއި ރަސޫލާ ﷺ ކަމަށެވެ.

“ވީމާ ސައިޒް އޮޅިވަޑައިގެން ނޫޅުއްވުމަށް ޢިއްޒަތްތެރި މެމްބަރުންނަށް ނަޞޭޙަތްތެރިވަން.” އިޔާޒު ވިދާޅުވިއެވެ.

ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ހުށަހެޅުއްވި ގަރާރަށް ބަހުސް ކުރައްވަމުން އީވާ ވިދާޅުވީ މިއުޒިކަކީ އިސްލާމް ދީނުގައި ވެސް ހުއްދަ ކަމެއް ކަަމަށާއި މިއުޒިކްގެ ސަބަބުން ދީނަށް ލޯބި ޖެހޭ ގޮތް ވެސް މެދުވެރިވާ ކަމަށެވެ.

ވަރަށް ގަދަ
7%ވަރަށް ގަދަ 7%ވަރަށް ގަޔާވޭ 7%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 79%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: