ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނައިބު ރައީސް ކޮވިޑް ވެކްސިން ޖައްސަވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ނައިބު ރައީސް ފައިިސަލް ނަސީމް ކޮވިޑް-19 ގެ ވެކްސިން މިއަދު ޖައްސަވައިފިއެވެ.

ވެކްސިން ޖެއްސެވުމަށްފަހު އެ މަނިކުފާނު ވަނީ ޤައުމީ ރޫޙު އިސްކޮށް، ހުރިހާ ދިވެހި ރައްޔިތުން ވެސް މިކަމުގައި ބައިވެރިވެ، ވެކްސިން ޖެއްސެވުމަށް އެދިވަޑައިގަންނަވާފައެވެ.

“ކޮވިޑް-19 ދިފާޢު” ކެމްޕޭން ރަސްމީގޮތުން ފައްޓަވައިދެއްވާފައި ވަނީ މި މަހުގެ ފުރަތަމަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ. ރާއްޖޭގައި އެންމެ ފުރަތަމަ ބޭނުންކުރަން ފަށާފައި މިވަނީ އޮކްސްފަރޑް ޔުނިވަރސިޓީއާއި އެސްޓްރާޒެނެކާ ގުޅިގެން ތައްޔާރުކޮށްފައިވާ “އޮކްސްފަރޑް-އެސްޓްރާޒެނެކާ ވެކްސިން،” ގެ މައްޗަށް ބިނާކޮށް ސިރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއިން “ކޮވިޝީލްޑް” ބްރޭންޑްގެ ދަށުން އުފައްދާފައިވާ ވެކްސިނެވެ. އިންޑިއާ ސަރުކާރުގެ ދީލަތި އެހީތެރިކަމާއެކު އެ ޤައުމުން ވަނީ މި ވެކްސިންގެ 100،000 ޑޯޒް ރާއްޖެއަށް ހަދިޔާކޮށްފައެވެ.

“ކޮވިޑް-19 ދިފާޢު” ކެމްޕޭންގެ ދަށުން ވެކްސިން ޖެހުމުގެ އިންތިޒާމުތައް މާލެ ސަރަޙައްދުގެ އިތުރުން ރާއްޖޭގެ އެކި ހިސާބުތަކުގައި ހަމަޖައްސާފައިވާއިރު، ރޭގެ ނިޔަލަށް ރާއްޖޭގައި ޖުމްލަ 9,700 އަށްވުރެ ގިނަ މީހުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: