ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތިނަދޫގައި އަޅާފައިވާ ފިވަޅުތައް ވަރުގަދަކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ގދ. ތިނަދޫން ނެގި ރެންޑަމް ސާމްޕަލްއެއް ކޮވިޑު-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން އެރަށުގައި އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަކޮށްފިއެވެ.

ތިނަދޫ ކައުންސިލުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ތިނަދޫއިން ނެގުނު ރޭންޑަމް ސާންޕަލްތަކުން ސާންޕަލެއް ކޮވިޑަށް ފައްސިވެފައި ވާތީވެ ތިނަދޫ އީ.އޯ.ސީ ގެ ފަރާތުން މިވަގުތު އެންމެންގެ ރައްކާތެރިކަށްޓަކައި އިތުރު ފިޔަވަޅުތައް އެޅުމަށް ނިންމާފައިވާ ކަމަށެވެ.

ތިނަދޫ ކައުންސިލް އަޅާފައިވާ ފިޔަވަޅުތައް:

  • ސައިހޮޓާ ރެސްޓޯރަންޓް ފަދަ ތަންތަން ރޭގަނޑު 11:00 ގައި ބަންދުކުރުން
  • ފިހާރަ ތަކާއި ގާޑިޔާތައް ރޭގަނޑު 10:00 ގައި ބަންދުކުރުން.
  • ކަސްރަތު ކްލާސްތަކާއި، ޖިމް، ދުވާ ޓްރެކް، އަދި ހުރިހާ ކުޅިވަރު ކޯޓްތައް ބަންދުކުރުން.
  • ފަރު މަސްވެރިކަންކުރާ އުޅަނދުފަހަރު ކައުންސިލުން ދޫކުރާ ޚާއްސަ ހުއްދައިގެ ދަށުންނޫނީ މަހަށް ނުފުރުން.
  • ކަނޑު މަސްވެރިކަން ކުރާ އުޅަނދުފަހަރު ކައުންސިލާއި ވެވޭ އިޤްރާރެއްގެ ދަށުން ނޫނީ މަހަށް ނުފުރުން.
  • ސްކޫލްތަކާއި، ކޮލެޖް ޔުނިވާރސިޓީ އަދި ޓިއުޝަންކުލާސްތަކާއި ޤްރުއާން ކުލާސްތައް އޮންލައިންކޮށް ކުރިއަށް ގެންދިއުން.
  • ކުޑަކުދިންގެ ޕާރކްތަކާއި، މިއުޒިއަމް ޕާރކް ބަންދުކުރުން

ތިނަދޫން މިހާރު ވަނީ ކޮވިޑު-19 އަށް ދެ މީހަކު ޕޮޒިޓިވްވެފައެވެ. އޭގެ ތެރެއިން އެކަކީ ދާދި ފަހުން ސ. ގަމުގައި އޭވިއޭޝަން ކޮމާންޑުން ބޭއްވި ޓްރެއިނިން އަކަށް ދިޔަ މީހެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: