ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިލްވާންގެ މައްސަލާގައި ވަޅިއަކީ މުހިއްމު ހެއްކެއް: މަރު ކޮމިޝަން

ޝެއާރކޮށްލާ ކަހަލަދޯ؟

ﷲރިލްވާން އަބްދުﷲ ގެއްލުވާލި މައްސަލައިގައި ފެނުނު ވަޅި އަކީ މިހާރު އެންމެ މުހިއްމު އެއް ހެކިކަމަށް މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަނުން ބުނެފިއެވެ.

މަރު ކޮމިޝަންގެ ނޫސް ކޮންފަރެންސްގައި ކޮމިޝަންގެ މެމްބަރު މިސްބާހު އައްބާސް ވިދާޅުވީ ނޫސްވެރިޔާ ރިލްވާން އަބްދުﷲ ގެއްލުވާލި މައްސަލައިގައި ފެނުނު ވަޅީގެ މައުލޫމާތު ހޯދުމަށް އާއްމުންގެ އެހީތެެރިކަމަށް އެދިފައިވަނީ އެ ވަޅިއަކީ މި ތަހްގީގަށް މުހިއްމު ހެއްކަކަށް ވުމުން ކަމަށެވެ.

އެގޮތުން މިހާރުވެސް ވަޅި ރާއްޖެއިން ބޭރަށް ފޮނުވައިގެން ތަހްލީލު ކުރަމުން އަންނަކަމަށް މިސްބާހު ވިދާޅުވިއެވެ.

މަރު ކޮމިޝަނުން ވަނީ ވަޅިއާއި ގުޅޭގޮތުން ނުވަތަ ކޮމިޝަނުން ތަހުގީގުކުރަމުންދާ ރިލްވާންގެ މައްސަލައާއި ގުޅޭގޮތުން ސާބިތު ހިފޭވަރުގެ ސައްޚަ މައިލޫމާތު ފޯރުކޮށްދޭ ފަރާތަކަށް 500،000ރ (ފަސް ލައްކަ ރުފިޔާ)ގެ ފައިސާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: