ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތިމަރަފުށީގައި ޓެރަރިސްޓް ހަމަލާއެއް ދޭން އުޅުނު މީހުންގެ މައްޗަށް ދައުވާކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ތ.ތިމަރަފުށީގައި ޓެރަރިޒަމުގެ އަމަލުތަކެއް ހިންގަން އުޅުނު ކަމުގައި ތުހުމަތުވި މައްސަލާގައި ހައްޔަރުކުރި މީހުންގެ މައްޗަށް ދައުވާކުރަން މިއަދު ކުރިމިނަލް ކޯޓަށް ފޮނުވައިފިއެވެ.

މިދިޔަ އަހަރު ފަހުކޮޅު ތ. ތިމަރަފުށީގައި ފުލުހުން ހިންގި ޓެރަރިޒަމް އޮޕަރޭޝަންގައި ހައްޔަރު ކުރީ ތ. ތިމަރަފުށި، ފެހިވިދުވަރުގެ، އަބްދުﷲ ޝަރީފް އާއި، ތ. ތިމަރަފުށި، ކެނެރީގެ، އަލީ މުނީޒު އާއި ތ. ތިމަރަފުށި، އަސުރުމާގެ، މުހައްމަދު އާސިރު އާއި، ތ. ތިމަރަފުށި، އަސްރަފީވިލާ، އަހުސަން މުހައްމަދު އާއި، ރ. މަޑުއްވަރި، ބީޗްހައުސް އަބްދުﷲ އިމާދު އާއި، ތ. ތިމަރަފުށި، ސައިމާ، ޝަމާހު ޝަރީފާއި، ނ. ކުޑަފަރި، ރޯޒްމީޑު، އިބްރާހިމް ލޫތު އާއި، ރ. ކަނދޮޅުދޫ، ފެހިވިލާ، އަލީ އަރުހަމް މުހައްމަދުގެ މައްޗަށް ދައުވާކޮށް ޕީޖީއިން މައްސަލަ ކުރިމިނަލް ކޯޓަށް ހުށަހެޅީ އިއްޔެ އެވެ.

ޕީޖީ އޮފީހުން މިއަދު ބުނީ، އެ މީހުން ތިމަރަފުށީގައި ދީނުގެ ނަމުގައި ޓެރަރިސްޓް ޖަމައަތްތަކަށް ތާއީދުކޮށް، ޓެރަރިޒަމަށް ހިތްވަރުދީ ޓެރެރިސްޓް ޖަމާއަތްތަކުގެ އަމަލުތަކަކީ ސަބަބުވެރި އަމަލުތަކެއްކަމަށް ދައްކައި، އިސްލާމިކް ސްޓޭޓްގެ އިރުޝާދުގެ ދަށުން ރާއްޖޭގައި ޓެރަރިޒަމްގެ އަމަލުތައްކުރުމަށް ރާވައި އެކަމަށް ހިތްވަރުދީފައިވާ ކަމަށެވެ.

ތިމަރަފުށީގައި ހަރަކާތްތެރިވާ ދީނީ ހަރުކަށި ފިކުރުގެ އިސް ފަރާތްތަކުން އޮޕަރޭޓްކުރާ ކަމަށް ބުނާ “ނަސާހް 3” ދޯނި ތެރޭގައި އިމްޕްރޮވައިޒްޑް އެކްސްޕްލޯސިވް ޑިވައިސް (އައިއީޑީ) އެއް ތައްޔާރުކުރުމަށްފަހު އައިއީޑީ ގޮއްވާލައި ރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކަލެއް ކުރިމަތިކުރުވުމަށް އެ މީހުން ތައްޔާރުވަމުން ދިޔަ ކަމަށް ޕީޖީ އޮފީހުން ބުނެފައިވެ އެވެ. ފުލުހުން މީގެ ކުރިން ބުނި ގޮތުގައި އެ އައިއީޑީ ގޮއްވާލަން ރޭވީ، ތިމަރަފުށީގައި ހުންނަ ތ. އަތޮޅު ތައުލީމީ މަރުކަޒުގައި އޯލެވެލް އިމްތިހާން ހަދަމުންދާ ވަގުތާ ދިމާކޮށް އެ ސްކޫލުގެ ލެބޯޓަރީގައި ކަމަށެވެ.

އޭގެ އިތުރުން، ދަތުރު ދިއުމުގެ ނަމުގައި ފަޅުރަށްރަށަށް ގޮސް ހަނގުރާމައިގެ އެކި އުކުޅުތައް ދަސްކޮށް، ތަމްރީންތައް ހަދަމުންދިއުމާއި، ތިމަރަފުށީގައި ދީނުގެ ނަމުގައި ހަރުކަށި ފިރުކު ފެތުރުމުގެ ގޮތުން އެރަށުގެ ބައެއް ގޭގޭގައި ހަރުކަށި ފިކުރުތަކަށް ހިތްވަރުލިބޭފަދަ ކްލާސްތައް ހިންގައި، ތިމަރަފުށީގައި ދިރިއުޅޭ ކުޑަކުދިންނަށް އަމާޒުކޮށްގެން އެކުދިން ހަރުކަށި ފިކުރަށް ލެންބުވުމަށް މަސައްކަތްކޮށް، ސަރުކާރުން މިސްކިތްތަކަށް ކަނޑައަޅާފައިވާ އިމާމުންގެ ފަހަތުގައި ނަމާދު ނުކޮށް ވަކި ޖަމާއަތް ހަދައިގެން ނަމާދުކުރަމުން ދިއުމުގެ ތުހުމަތުވެސް ދައުލަތުން އެ މީހުންނަށް ކުރެ އެވެ. ހަރުކަށި ފިރުކުރުގެ މީހުންނާ ގުޅުން އޮންނަ މީހުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިން ކަމަށްވެސް ތުހުމަތު ކުރެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: