ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުޅުމާލެ ޑިޓެންޝަން ސެންޓަރުން ބިދޭސީއަކު ފިލައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލެ ޑިޓެންޝަން ސެންޓަރުން ބިދޭސީއަކު ފިލައިފިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނީ އެ ސެންޓަރުން ފިލާފައިވަނީ އިމިގްރޭޝަން ޤާނޫނާއި ހިލާފުވެގެން ރާއްޖެއިން ފުރުވާލެވެންދެން އެ ސެންޓަރުގައި ބަހައްޓާފައި ހުރި ބަންގްލަދޭޝްގެ އުމުރުން 32 އަހަރުގެ ފިރިހެނެއް ކަމަށެވެ.

އެ ސެންޓަރުން އޭނާ ފިލާފައިވަނީ މިރޭ 19:27 ހާއިރު ކަރެކްޝަންސް އިން ބުނެއެވެ. އޭނާ ހޯދުމުގެ މަސައްކަތް ފުލުހުންނާއި ގުޅިގެން މިހާރު ކުރަމުންދާ ކަމަށްވެސް ބުނެފައިވެއެވެ.

ކަރެކްޝަންސް އިން ވަނީ އޭނާއާ ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ އެ ސާވިސްގެ ނަންބަރު 9986125 ރިޕޯޓުކޮށްދިނުމަށް އެދިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: