ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަޅުގަނޑުމެންނަކީ ވެކްސިންޖެހުމާ ދެކޮޅު ބައެއްނޫން: އަދުރޭ

އަބްދުއްރަހީމް އަބްދުﷲ  (އަދުރޭ)
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 ގެ ވެކްސިން ޖެހުމާ ދެކޮޅު ނޫން ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

އަދުރޭ މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭނާ ކޮވިޑް ވެކްސިން ޖެހިކަމަށް ބުނެ ފަތުރަމުންދާ ޚަބަރަކީ ދޮގު ޚަބަރެއް ކަމަށާއި އޭނާ އަދި ވެކްސިން ނުޖައްސަވާ ކަމަށެވެ.

“އަޅުގަނޑުމެންނަކީ ވެކްސިން ޖެހުމާ ދެކޮޅު ބައެއް ނޫން. އަޅުގަނޑުމެން އެދެނީ ވެކްސިންގެ ރައްކާތެރިކަން ކަށަވަރުކޮށް ދިނުމަށް. އަޅުގަނޑުމެން އަބަދުވެސް ތިބޭނީ ރައްޔިތުންނާއެކު” އަދުރޭ ވިދާޅުވިއެވެ.

ވެކްސިންގެ ރައްކާތެރިކަން ކަށަވަރުކޮށްދޭން އަދުރޭ ގޮވާލިއިރު، އިދިކޮޅު ކޯލިޝަނުގެ ދެ އެޑްވައިޒަރުން ކަމަށްވާ ކުރީގެ ރައީސް ޑރ.މުހައްމަދު ވަހީދު އަދި ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލު އަހުމަދު ދާދިފަހުން ވަނީ ކޮވިޑް ވެކްސިން ޖައްސަވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: