ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޅުދުއްފުށި ސިޓީން މިހާތަނަށް 400 ޓަނުގެ ކުނި ނަގައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ކުޅުދުއްފުށި ސިޓީ އިން މިހާތަނަށް 400 ޓަނުގެ ކުނި ސާފު ކޮށްފައިވާ ކަމަށް ވެމްކޯއިން ބުނެފިއެވެ.

ކުޅުދުއްފުއްޓަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ހައްލު ހޯދުމަށް އެ ރަށުގައި ގިނަވެފައި ހުރި ކުނި ނައްތާލަން ވެމްކޯއިން މަސައްކަތް ފެށީ މިދިޔަ ހުކުރު ދުވަހުގައެވެ. މިއީ ރައީސް އޮފީހުގެ އިސްނެންގެވުމުގެ ދަށުން ކުނި ގިނަވެފައިވާ ހުރިހާ ރަށެއްގައި އެ ކުންފުނިން ކުރިއަށްގެންދާ ޕްރޮޖެކްޓެކެވެ.

ވެމްކޯއިން ބުނީ މިހާރުވެސް ކުޅުދުއްފުށީގެ ކުނި ނެގުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި މި މަސައްކަތް އިތުރަށް ހަލުވި ކުރުމަށް އެ ކުންފުނިން އިތުރު މެޝިނަރީސްވެސް މާލެއިން ފޮނުވާފައިވާ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

މި ޕްރޮޖެކްޓުގެ ދަށުން ކުޅުދުއްފުށިން 92،000 ޓަނުގެ ކުނި ސާފު ކުރާނެއެވެ.

ކުޅުދުއްފުށީގެ އިތުރުން ކ. ގުރައިދޫ އާއި ފުވައްމުލަކު ސިޓީގައި ވެސް ކުނި ބޭރުކުރުމުގެ މަސައްކަތް ވެމްކޯއިން އަންނަނީ ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: