ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިރުއޮއްސުމުން ކޮވިޑް ހޭލަނީތަ؟ މި ސުވާލުގެ ޖަވާބުދެއްވީ މިނިސްޓަރު ފައްޔާޒު

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި އަނެއްކާވެސް ކޮވިޑް-19ގެ ހާލަތު ގޯސްވަމުން އަންނާތީ ބަލިން ރައްކާތެރިވުމުގެ ގޮތުން މާލެ ސަރަހައްދުގައި ހަވީރު 6 އިން ފެށިގެން ހެނދުނު 6 އަށް ވެހިކަލް ދުއްވުން އެޗްޕީއޭއިން މިވަނީ މިއަދު މަނާކޮށްފައެވެ. މިއާއެކު ގިނަ ބަޔަކު ކުރާ ސުވާލަކީ އިރު އޮއްސުމުން ކޮވިޑް ހޭލަނީ ހެއްޔެވެ؟ ނޫނީ ދުއްވާ އެެއްޗެހީގައި އުޅުނީމަ ފަސޭހައިން ކޮވިޑް ޖެހެނީ ހެއްޔެވެ؟ މި ސުވާލުތަކަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މިވަނީ ވަރަށް ފުރިހަމަ ޖަވާބެއް ދެއްވާފައެވެ.

އެޗްޕީއޭގެ އިއުލާނާއެކު ސޯސަލް މީޑީއާގައި ގިނަ ބަޔަކު އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ. އެގޮތުން އެޗްޕީއޭއިން ކުއްލިއަކަށް ނެރޭ އެންގުމަކަށް ތަބާވާން ނުޖެހޭނެ ކަމަށް ބައެއް މީހުން އަންނަނީ ބުނަމުންނެވެ. އެގޮތުން ކޮވިޑް ފެތުރެނީ އިރު އޮއްސުމުންތޯ ޓްވިޓާގައި މީހަކު ވަނީ ސުވާލުކޮށްފައެވެ.

އެމީހާގެ އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ފައްޔާޒު ވިދާޅުވީ ކޮވިޑްގެ މިހާލަތުގައި އެންމެ ރަނގަޅު ގޮތަކީ ހުރިހާ އެންމެންވެސް ގޭގަައި ތިބުން ކަމަށާއި ނަމަވެސް އެކަން އެގޮތަަށްވުން ނާދިރު ކަމަށެވެ. އެހެންކަމުން އެޗްޕީއޭގެ ފިޔަވަޅުތަކާއެކު މަގުމަތީގައި އުޅޭ މީހުންގެ އަަދަދު 12 ގަޑިއިރަށް ނަމަވެސް މަދުވާނެ ކަމަށާއި އޭގެ ސަބަބުން ކޮވިޑް ވައިރަސް ފެތުރޭ މިންވަރުވެސް މަދުވެގެންދާނެ ކަމަށެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީން ބުނީ މިރެއިން ފެށިގެން ފެށިގެން މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ މަގުތަކުގައި ހަވީރު 06:00 އިން ފަރިހު 06:00 އެއްގަމު އުޅަނދު ދުއްވުމަކީ މަނާކަމެއްކަމަށެވެ.

ކޮވިޑުން ރައްކާތެރިވުމަށް އެޅި ފިޔަވަޅެއްގެ ގޮތުން މިމަހުގެ އެއްވަނަ ދުވަހު ފެށިގެންވެސް ވަނީ މާލޭ ސަރަހައްދުގައި އެއްގަމު އުޅަނދު ދުއްވުން ވަކި ވަގުތަކަށް މަނާކޮށްފައެވެ. މިހާތަނަށް މި ވަގުތު އޮތީ ރޭގަނޑު 20:30 ފަތިހު 04:00 އަށެވެ.

މީގެ އިތުރުން މާލޭ ސަރަހައްދުގައި ވަނީ ކާފިއުވެސް އިއުލާންކޮށްފައެވެ. މިގޮތުން ރޭގަނޑު 11:30 ފަތިހު 04:00 މަގުމައްޗަށް ނުކުމެ އުޅުމަކީ މަނާކަމެކެވެ. އަދި ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ބޭރަށް ނުކުމެ އުޅޭ އިރު މާސްކު އެޅުން މި މަހުގެ ހަތްވަނަ ދުވަހުން ފެށިގެން ވަނީ މަޖުބޫރުކޮށްފައެވެ.

ވަރަށް ގަދަ
41%ވަރަށް ގަދަ 11%ވަރަށް ގަޔާވޭ 22%ބޮޑު ޖޯކެއް 1%ހައިރާންވެއްޖެ 3%ވަރަށް ދެރަ 21%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ދިވހީންނަކީ ބަސްއަހާ ބަސްގަބޫލުނުކުރާބައެށް އަމިއްލައެދުންއެހާބޮޑުބައެށް ތިމާގެއަޙާގެ ހާލަތެއް ނުބަލާނެ މީއާމްކޮށް ދިމާވާގޮތް އެހެން ނޫންތޯ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: