ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސްގެ ކޮއްކޮ ފާތޭގެ މާލީ ބަޔާން ގެއްލުން! ކަންވީ ގޮތް ރައީސް އޮފީހުން ސާފު ކޮށްދީ: ޓްރާންސްޕޭރެންސީ މޯލްޑިވްސް

ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ކޮއްކޮ ފާޠިމަތު މުޙައްމަދު ޞާލިޙު (ފާތޭ) ގެ މާލީ ބަޔާން 11 ފެބްރުއަރީ 2021 ގައި ރައީސް އޮފީހުގެ ވެބްސައިޓުން ނެގުމަށްފަހު ބަދަލުތަކަކާއެކު ރޭގެ ވަގުތެއްގައި އަލުން އާންމުކުުުުުުުުރި ކުރުން ރައީސް އޮފީހުން ސާފުކޮށްދިނުމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ގޮވާލާފިއެވެ.

އަލުން އާންމު ކުރި މާލީ ބަޔާނުގައި ވާގޮތުން އެކަމަނާގެ މިލްކިއްޔާތުގައި ހުރި މުދަލުގެ ތެރޭގައި 20 މިލިއަން ރުފިޔާގެ އަގުހުރި އިމާރާތަަަކާ ބޭންކު އެކައުންޓުގައި 700،000.00 (ހަތް ލައްކަ) ދިވެހި ރުފިޔާ ހުރިއެވެ.

އެހެން ނަމަވެސް އަލުން ރޭގައި އެ ބަޔާން ލާފައިވާއިރު އެކަމާނާގެ މިލްކިއްޔާތުގައި 20 މިލިއަން ރުފިޔާގެ އިމާރާތެއްވެސް  އެކައުންޓުގައި ކުރިން ހުރި ކަމަށް ދެއްކި 7 ލައްކަ ރުފިޔާވެސް ނެތެވެ.

މިކަމާއިގުޅިގެން ރައީސް އޮފީހުން މިހާތަނަށް އަދި އެއްވެސް އެއްޗެއް ބުނެފަކާއެއް ނުވެއެވެ.

މީީީީގެ އިތުރުން ޞާލިހުގެ ދައްތަ ޢާއިޝާތު މުޙައްމަދު ޞާލިޙަށް ހިޔާ ފުލެޓުތަކުގެ ތެރެއިން ފުލެޓެއް ލިބިވަޑައިގެންފައިވާކަން ވަނީ މީޑިޔާތަކަށް ތިލަވެފައެވެ

ވަރަށް ގަދަ
14%ވަރަށް ގަދަ 29%ވަރަށް ގަޔާވޭ 43%ބޮޑު ޖޯކެއް 14%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: