ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަލީ ވަހީދު ލަންޑަންގައި، އިސްތިއުނާފް ކުރަނީ މާދަމާ!

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލަން ކްރިމިނަލް ކޯޓުން ކުރި އަމުރު ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ހައިކޯޓުގައި އިސްތިއުނާފް ކުރުމަށް ނިންމައިފިއެވެ.

ޖިންސީ ގޯނާގެ ދައުވާ އުފުލިފައިވާ އަލީ ވަހީދުގެ ޕާސްޕޯޓު މިދިޔަ ބުދަ ދުވަހު ކްރިމިނަލް ކޯޓުން ދޫކޮށްލުމާއެކު އޭނާ ވަނީ ރާއްޖެއިން ބޭރަށް ފުރާވަޑައިގެންފައެވެ.

ޕީޖީ ހުސެއިން ޝަމީމް މިއަދު ވިދާޅުވީ އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލަން ކްރިމިނަލް ކޯޓުން ނިންމި ނިންމުމާއި ގުޅޭ ލިޔުންތައް މިދިޔަ ބުރާސްފަތި ދުވަހު ލިބިފައިވާ ކަމަށާއި މާދަމާގެ ވަގުތެއްގައި އެ މައްސަލަ އިސްތިއުނާފް ކުރުމަށް ހައިކޯޓަށް ވެއްދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލަން ކޯޓުން އަމުރު ނެރެފައިވަނީ ބޭސްފަރުވާ އަކަށް ފުރުމުގެ ގޮތުންނެވެ.

އެގޮތުން އަލީ ވަހީދު ވަޑައިގެންފައިވަނީ އިނގިރޭސިވިލާތަށް ކަމަށްވާއިރު މިއީ އޭނާ މީގެ ކުރިންވެސް ހިމާޔަތް ދީފައިވާ ގައުމެކެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 50%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: