ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްޑޫ އިން އިތުރު ހަތަރު މީހަކު ޕޮޒިޓިވް ވެއްޖެ

އައްޑޫ ސިޓީ މީދޫ. ފޮޓޯ: ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫ އިންް އިތުރު ހަތަރު މީހަކު ކޮވިޑްއަށް ޕޮޒްޓިވްވެއްޖެއެވެ.

އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނީ މިއަދުގެ ހަވީރު 18:00 ގެ ނިޔަލަށް ފަސް މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

އެއީ ހިތަދޫ އިން ތިން މީހަކާއި، ފޭދޫ އިން ދެ މީހުންނެވެ. އެއާއެކު އައްޑޫ އިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 58 އަށް އަރާފައެވެ.

މިއަދުގެ އިރުއޮއްސުމާއި ހަމައަށް 174 ސާމްޕަލް ނަގާފައިވާ ކަމަށާއި ހަތަރު މީހަކަށް އައްޑޫ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުންދާ ކަމަށްވެސް އެ ސެންޓަރުން ބުނެއެވެ.

އަދި 182 ތަނެއް ކަރަންޓީނަށް ލެވިފައިވާއިރު ޑައިރެކްޓް ކޮންޓެކްޓުންގެ އަދަދު 341 އަށް އަރާ ކަމަށް އެ ސެންޓަރުން ހާމަކުރެއެވެ.

މި ކޭސްތަކާ ގުޅިގެން އައްޑޫ މިވަގުތު މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާއިރު، ހަތް ދުވަހުގެ މުއްދަތަށް ރޭގަނޑު 8 އިން ފަތިހު 4 އަށް އައްޑޫގައި އަންނަނީ ކާފިއު ވެސް ހިންގަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: