ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަންތާ އެެއާގެ ސީޕްލޭނެއް ވެއްޓިއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

ޓޫރިސްޓުން ގޮވައިގެން ދަތުރުކުރި މަންތާ އެއާގެ ސީޕްލޭނެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސަން އުޅުމުގެ ތެރޭގައި ވެއްޓިއްޖެ އެވެ.

މަންތާ އިން ބުނީ މިސީޕްލޭނަކީ މާލިފުށިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރުކުރި ބޯޓެއް ކަމަށާއި، ބޯޓިގައި ހަ ފަސިންޖަރުންނާއި ތިން ކުރޫ މެމްބަރުން ދަތުރުކުރި ކަމަށެވެ.

މި ހާދިސާގައި ބޯޓުން ދަތުރުކުރި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާކަމަށް މަންޓާއިން ބުނެއެވެ. އަދި މި ހާދިސާއާއި ގުޅިގެން މާލެއަށް ދަތުރުކުރަމުންދިޔަ ސީޕްލޭންތައްވަނީ އެހެން ތަންތަނަށް ޑައިވާޓްކޮށްފައެވެ.

އެމްއެންޑީއެފްއިން ބުނީ ސީޕްލޭން ވެއްޓުނު ސަރަހައްދުގައި އެމްއެންޑީއެފް މާލޭ އޭރިއާގެ ކޯސްޓުގާޑުގެ ޑައިވަރުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: